Majlis 2024

ޖެކީ ދުވަނީ: އޭނާ ބުނީ ހިތްވަރު ހުރި މިންވަރު އެނގިއްޖެ ކަމަށް

ޖަހާފައިވާ ފައެއްގައި ޖެކީ 102 ދުވަހުން 102 މެރެތަން

ގިނެސް ވޯލްޑް ރެކޯޑް އިން ޖެކީ ރެކޯޑް އަދި ބަލައިނުގަތަސް ބެލެވޭ ގޮތުގައި މިއީ ނުކުޅެދުންތެރިކަން ހުރި އެތުލީޓަކު އަލަށް ކުރި ކަމެއް

ސައުތް އެފްރިކާގެ އުމުރުން 46 އަހަރުގެ އަންހެނެއް ކަމަށްވާ ޖެކީ ހަންޓް-ބްރޮއަސްމާ، 102 ދުވަހުގެ ތެރޭގައި 102 މެރެތަން ފުރިހަމަކޮށްފި އެވެ.

 ޖެކީގެ އުމުރުން އެންމެ 25 އަހަރުގައި އޭނާގެ ވާތު ފައި ވަނީ ކެންސަރުގެ ސަބަބުން ބުރިކޮށްލައިފަ އެވެ. އޭނާ ދުވަނީ މަސްނޫއީ ފައެއްގެ އެހީގަ އެވެ. އެކަމަކު އެއީ ޖެކީގެ ހިތްވަރަށް ހުރަހަކަށް ނުވި އެވެ.

ގިނެސް ވޯލްޑް ރެކޯޑް އިން ޖެކީގެ މި ރެކޯޑް އަދި ރަސްމީކޮށް ބަލައެއް ނުގަނެ އެވެ. އެކަމަކު ޖެހިޖެހިގެން 102 މެރެތަން މީގެ ކުރިން އެއްވެސް މީހަކު ހަދާފައެއް ނުވެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަމެއް ހުރި އެތުލީޓެއްގެ ފަރާތުން މިވަރުގެ ދުވުމެއް ފެނިފައެއް ނުވެ އެވެ.

ވިދިވިދިގެން އެންމެ ގިނަ މެރެތަން ދުވި ފިރިހެން ދުވުންތެރިޔާގެ ގޮތުގައި ރެކޯޑް އޮތީ އިޓަލީގެ އެންޒޯ ކަޕޯރަސޯ އެވެ. އޭނާ ވަނީ 2019 ގައި ޖެހިޖެހިގެން 59 މެރެތަން ދުވެފަ އެވެ.

ދުނިޔޭގެ ރެކޯޑަށް ބަލާއިރު ޖައްސަ ޖައްސައިގެން މެރެތަން ދުވުމުގައި އަންހެނުން އުޅެނީ ފިރިހެނުންނަށް ވުރެ މާ ކުރީގަ އެވެ. 

ސައުތު އެފްރިކާއަށް އުފަން ވިޔަސް ޖެކީ މިހާރު އުޅެނީ އެމެރިކާގެ އަރިޒޯނާގައި

ވިދިވިދިގެން އެންމެ ގިނަ މެރެތަން ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދާފައި ވަނީ އަންހެން ދުވުންތެރިއެކެވެ. އަލީސާ އާމޯސް ކްލާކު އެ ރެކޯޑް ހެދީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރު 94 ދުވަހުން 94 މެރެތަން ދުވެގެންނެވެ. އެކަމަކު އެމެރިކާގެ ވާމޮންޓް ސްޓޭޓަށް ނިސްބަތްވާ މި ދުވުންތެރިޔާއަކީ ނުކުޅެދުންތެރިކަން ހުރި މީހެއް ނޫނެވެ. 

އަލީސާގެ މި ރެކޯޑް މި މަހުގެ ކުރީ ކޮޅު އިނގިރޭސި ވިލާތުގެ އަންހެން ދުވުންތެރިއެއް ކަމަށްވާ ކޭޓް ޖޭޑަން މުގުރާލީ 101 ދުވަހުން 101 މެރެތަން ދުވެގެންނެވެ. ނަމަވެސް ރަސްމީކޮށް ގިނެސް ވޯލްޑް ރެކޯޑަށް އޭނާ އަދި ނާރަ އެވެ. 

ޖެކީ 102 މެރެތަން ފުރިހަމަކުރީ އެ ރެކޯޑް މުގުރާލާށެވެ. ސައުތު އެފްރިކާއަށް ނިސްބަތް ވިޔަސް އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައި މިހާރު ދިރިއުޅުންމުން އަންނަ ޖެކީގެ މޮޓޯއަކީ 'ނުކުޅެދުންތެރިކަން ހުއްޓަސް ކުރެވޭތޯ ބަލަމެ" އެވެ.

މި އަހަރުގެ ބޮސްޓަން މެރެތަންގައި ވެސް ޖެކީ 

"އަހަންނަށް ފެނުނީ ނުކުޅެދުންތެރިކަމެއް ނެތް މީހަކު އެގޮތަށް ދުވާތަން. އަހަރެން ބަލަން ބޭނުންވީ އަހަންނަށް ވެސް އެކަން ކުރެވިދާނެތޯ،" ޖެކީ ބުންޏެވެ.

ޖެކީގެ މެރެތަން ނިންމާފައި ވަނީ އެވްރެޖްކޮށް ފަސް ގަޑިއިރުންނެވެ.

ކެންސަރާ އެކު މަސްނޫއީ ފަައެއް

 ޖެކީގެ އުމުރުން 25 އަހަރުގައި ވާތު ފައި ބުރިކޮށްލީ ކައްޓައް ޖެހުނު ކެންސަރަކާ ގުޅިގެންނެވެ. ބަލި ފެތުރުނަ ނުދިނުމަށް ފައި ބުރިކޮށްލުމާ އެކު މުޅިން އާ ދިރިއުޅުމަކަށް އޭނާ ހޭނެން ޖެހުނެވެ.

ފިރިމީހާ އެޑްވިން މެރެތަންގައި ބައިވެރިވެ ދުވަން ފެށުމާ އެކު ޖެކީ ވެސް އެކަމަށް ނުކުތީ އެވެ. އޭރު އޭނާއަކީ މާ ބޮޑަށް ފިޓްނަސްއަށް ޝައުގުވެރިކަން ހުރި މީހެއް ނޫނެވެ. އުމުރުން 11 އަހަރާއި ނުވަ އަހަރުގެ ދެ ކުދިންގެ މަންމަ މެރެތަން ދުވަން ފެށީ އުމުރުން 40 ގަ އެވެ. އޭނާގެ ވާތު ފައި ބޭނުންކުރަނީ 'ބްލޭޑް ރަނާ'އެއްގެ އެހީގަ އެވެ. 

ކައްޓަށް ޖެހުނު ކެންސަރާ އެކު ފައި ބުރިކޮށްލަން ޖެހުނަސް ޖެކީ އަކީ އަޒުމް ވަރުގަދަ މީހެއް

"އަހަރެން ބޭނުމެއް ނުވޭ ފައި ބުރިކޮށްފައި ހުރި މީހެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރާކަށް. މީހުން ދެކެނީ ފައި ބުރިކުރުމުން 'ނުކުޅެދޭ' މީހެއްގެ ގޮތުގައި. އެއްވެސް ކަމެއް ނުވާ މީހެއްގެ ގޮތުގައި. އަހަރެން ބޭނުންވީ ނޯމަލް ލައިފެއް،" ޖެކީ ބުންޏެވެ.

 ދުވަން ފެށުމާ އެކު ޑޮކްޓަރުން އިންތިހާއަށް ކަންބޮޑުވި އެވެ. 

"ދުވުމަކީ އަހަންނަށް ވަރަށް އުނދަގޫ ވެދާނެ ކަމެކޭ އެހެން މީހުންނަށް ހީވި. އަހަރެން ވެއްޓޭނެ ކަމަށް ވެސް އެމީހުން ހީކުރި. އެކަމަކު ދުވުމުން އަހަންނަށް ލިބުނީ އިތުރު ހިތްވަރެއް. ބެލީ ވީހާވެސް ދިގު ރާސްތާއަކަށް ދެވޭތޯ،" ޖެކީ ބުންޏެވެ.

"އަހަންނަށް ވެސް އުނދަގޫ ދުވަސްތައް އާދޭ. މިކަން ނުކުރެވޭނެއޭ ވެސް ހިތަށްއަރާ. އަނެއް ބައި ދުވަސް ދުވަހު އަހަންނަށް އިހްސާސް ކުރެވެނީ ދުނިޔޭގެ އެންމެ މަތީގައޭ މި އުޅެވެނީ." 

ދުވުމުން ލިބޭ އުފާވެރިކަން ޖެކީ ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުންނަށް ވެސް ހޯދައިދޭން

އޭނާ ބުނީ ދުވަން ފެށުމުން އޭނާގެ ހިތްވަރު އެނގިއްޖެ ކަމަށެވެ. އަދި އޭނާ ކަހަލަ ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުން ވެސް އެ ހިތްވަރު ނެރެން އެދުނެވެ.

"ދުވުމުން ލިބޭ މިނިވަންކަން އިހްސާސްވާން ބޭނުން. ކޮންމެ ކަމަކީ ވެސް އަޒުމެއް އޮތިއްޔާ ކުރެވިދާނެ ކަމެއްކަން ބުނެދެވިދާނެ،" ޖެކީ ބުންޏެވެ.

ފައި ބުރިކޮށްފައިވާ މީހުންނަށް މަސްނޫއީ ފައި ހޯދައިދޭން އޭނާ ވަނީ މިހާތަނަށް 16،000 ޑޮލަރު ހޯދައިދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް