އެމްއޭސީއެލްގެ ސީއެފްއޯގެ މަގާމަށް އަލަށް ހަމަޖެއްސި އަހްމަދު އައްސަދު ހާޝިމް.

އެމްއޭސީއެލް

އެމްއޭސީއެލްއަށް ގިނަ ދުވަސްތަކަކަށް ފަހު ސީއެފްއޯއެއް އައްޔަންކޮށްފި

އައްސަދު ވަނީ ފައިނޭންސް އަދި އެކައުންޓިން ދާއިރާގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ ސީއެފްއޯއަކަށް އައްޔަން ކޮށްފައިވަނީ ދިރާގުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަހްމަދު އައްސަދު ހާޝިމް އެވެ.

ބުނީ ކީކޭ؟ - އެމްއޭސީއެލްގެ ތަރުޖަމާނު ޝައްމާން ޝާކިރު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކުންފުނީގެ ސީއެފްއޯއަކަށް ބޭފުޅަކު އައްޔަން ކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށް ފަހު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކިހާ މުއްދަތެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

ތަފްސީލު - ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ ސީއެފްއޯގެ މަގާމަށް ހަމަޖެއްސި އައްސަދު މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގައި، މާލީ ދާއިރާގެ އެކި ވަޒީފާތައް އަދާ ކުރައްވާފަ އެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވި އިސް މަގާމުތަކަކީ:

  • އެމްޕީއެލް: ފައިނޭންޝަލް ކޮންޓްރޯލަރު (2010 - 2012)

  • ދިރާގު: ފައިނޭންޝަލް ކޮންޓްރޯލަރު (2015 - މިފަހުން ވަކިވުމާ ހަމައަށް)

އައްސަދު މަތީ ތައުލީމު ހާސިލުކުރެއްވީ ކުއާލަ ލަމްޕޫރުގެ އެފްޓީއެމްއެސް ކޮލެޖުން ބެޗުލާ އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިންގެ ރޮނގުންނެވެ. އެއީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ އެކްރެޑިޓޭޝަން ލިބޭ ކޯހެކެވެ.

އޭގެ އިތުރުން އޭނާއަކީ

  • 1-

    އޭސީސީއޭގެ މެމްބަރެއް

  • 2-

    އޮސްޓޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓް (ސީޕީއޭ)ގެ އެސޯސިއޭޓް މެމްބަރެއް

ކޮމެންޓް (1)

ޖުލައި

16 މޭ 2022
މަރުހަބާ އައްސަދު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް