ސީ ސްޕޯޓްސްގެ އެމްބެސެޑަރުންނަށް ހަމަޖެއްސި އިނާން (ކ) އާއި ޔާސީން.

ސީ ސްޕޯޓްސްގެ އާ އެމްބެސެޑަރުންނަށް އިނާން އާއި ޔާސީން

އަލަށް ހަމަޖެއްސި ދެ އެމްބެސެޑަރުންގެ އިތުރުން، ސީ ސްޕޯޓްސް އިން ވަނީ އެ ފިހާރަ ތަމްސީލުކުރާ ފަސް އެމްބެސެޑަރެއްގެ އެއްބަސްވުން ވެސް އާ ކޮށްފައި
14 އޯގަސްޓު 2022

ސީގަލް ގްރޫޕްގެ ދަށުން ހިންގާ، ރާޅާ އެޅުމާއި ފެތުމުގެ އިތުރަށް މޫދާ ގުޅުންހުރި ތަކެތި ވިއްކާ މަޝްހޫރު ފިހާރަ 'ސީ ސްޕޯޓްސް'އަށް އާ ދެ އެމްބެސެޑަރުން ހަމަޖައްސައިފި އެވެ.

ތަފްސީލް - ސީ ސްޕޯޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފިހާރަ ތަމްސީލުކުރުމަށް ރާއްޖޭގެ މޫދު ކުޅިވަރުގެ ދާއިރާ އިން ފާހަގަކޮށްލެވޭ އާ ދެ މޫނެއް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އެއީ:

  • ކ. ގުރައިދުއަށް ނިސްބަތްވާ މުހައްމަދު އިނާން އަބްދުލް ހަންނާން، 13؛ އިނާން އަކީ ރާޅާ އެޅުމުގައި ފާހަގަކޮށްލެވޭ ކުއްޖެއް

  •  ޔާސީން އަހުމަދު ނާޝިދު، 11

  • އަލީ ހުޝްރުވާންއާ އެކު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ސީގަލް)
  • އިސްމާއިލް މިގުލާލްއާ އެކު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ސީގަލް)
  • އަހުމަދު އާގިލްއާ އެކު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ސީގަލް)
  • ހުސައިން އަރީފްއާ އެކު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ސީގަލް)

ގުޅުން ހުރި ކަމެއް - އަލަށް ހަމަޖެއްސި ދެ އެމްބެސެޑަރުންގެ އިތުރުން، ސީ ސްޕޯޓްސް އިން ވަނީ އެ ފިހާރަ ތަމްސީލުކުރާ ފަސް އެމްބެސެޑަރެއްގެ އެއްބަސްވުން ވެސް އާ ކޮށްފަ އެވެ. ސީ ސްޕޯޓްސް އިން އެއްބަސްވުން އާ ކުރީ ރާއްޖޭގައި ރާޅާ އެޅުމާއި ބޮޑީބޯޑިން އިން ފާހަގަކޮށްލެވޭ ފަރާތްތަކަކާ އެކު އެވެ. އެއީ:

  • އަލީ ހުޝްރުވާން

  • އަލީ ޖަވާދު

  • އިސްމާއިލް މިގުލާލް

  • އަހުމަދު އާގިލް

  • ހުސެއިން އަރީފް

ބުނީ ކީކޭ؟ - ސީ ސްޕޯޓްސް އިން ބުނީ އެމްބެސެޑަރުންގެ ހުނަރު އިތުރަށް ކުރިއެރުމުގެ އިތުރަށް، އެ މީހުންނަކީ އެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ އެހެން ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ރާއްޖޭގައި މޫދު ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި، އެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސީ ސްޕޯޓްސް އިން ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް