ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިއަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/ މަޖިލިސް)

ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވާތީ 6 ފެބްރުއަރީ ސަރުކާރު ބަންދު

މިދިއަ އަހަރު ދައުލަތް ހިނގި ގޮތާއި މި އަހަރު ސަރުކާރުން ދެކޭ ތަސައްވުރު ރިޔާސީ ބަޔާންގައި ވިދާޅުވާނެ
29 ޖެނުއަރީ 2023

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް، ނުވަތަ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަކަށް 6 ފެބްރުއަރީ ކަނޑައަޅައި، އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ހަމަޖައްސައިފި އެވެ. 

ވީ ކިހިނެއް؟- ރިޔާސީ ބަޔާން އިއްވުން އޮންނަނީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު އެވެ. މިއީ ރައީސް ސޯލިހުގެ ރިޔާސީ ފުރަތަމަ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާނެވެ. މިފަހަރު 6 ފެބްރުއަރީ ދިމާވަނީ ހޯމަދުވަހަކާ އެވެ.

އެނގުން މުހިންމު - ރިޔާސީ ބަޔާނަކީ ނިމުނު އިރު ދައުލަތް ހިންގި ގޮތުގެ މައްޗަށް ބިނާކޮށް އަދި މި އަހަރު ދައުލަތް ހިންގާނެ ގޮތުގެ ތަސައްވުރު ރައީސް، މުޅި ގައުމާ ހިއްސާކުރައްވާ ކުރެއްވުމެވެ.

ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހަށް ރައީސް ވަޑައިގަތުން އޮންނަނީ ރަސްމީ އިއްޒަތުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ވެސް ހުންނަވާނެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ބަލިވެފަ އެވެ. އެހެންކަމުން 6 ފެބްރުއަރީގައި ދެ ބޭފުޅުން އެހާ ބޮޑު ރަސްމިއްޔާތެއްގައި ބައްދަލުކުރައްވާތަން ދެކެން ގިނަ ބަޔަކު ބޭނުންވާނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް