ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިތުރު ބަޔަކު ހައްޔަރު؛ ޖުމުލަ 19 އަށް

މި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 45 ދުވަސް ވަނީ ޖަހައިދީފައި

މިިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި މީހުންގެ ވަނަވަރުތައް ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 19 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

21 ޖޫން 2022 ވަނަ ދުވަހު އޮތް ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހަމަ އެ ދުވަހު ހައްޔަރުކުރި ހަ މީހުން. (ފޮޓޯ/ޕޮލިސް)
21 ޖޫން 2022 ވަނަ ދުވަހު އޮތް ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޖެހިގެން އައި ދުވަހު ހައްޔަރުކުރި ހަ މީހުން. (ފޮޓޯ/ޕޮލިސް)

ތަފްސީލު - ހައްޔަރު ކުރި ހުރިހާ މީހުންގެ ވަނަވަރު ފުލުހުން މިހާރު ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    މުހައްމަދު ނަދީމް (43،އ)، ކ. ތުލުސްދޫ/ވީނަސް

  • 2-

    މުހައްމަދު ޒިލްޔަން (37އ) މއ. ކަނުހުރާ

  • 3-

    ޝާމީ ރަޝާދު އިދްރީސް (30އ) ދަފްތަރު ނަންބަރު ދރ. 1105

  • 4-

    މުހައްމަދު މައުސޫމް (40 އ) ތ. މަޑިފުށި/ހެޕީސައިޑް

  • 5-

    މުހައްމަދު ހުސައިން، (47 އ) ހއ. ތުރާކުނު/ގްރީންހައުސް

  • 6-

    އަމީން އަހްމަދު، (35 އ) ގދ. ރަތަފަންދޫ/ލިލީޕާކް

  • 7-

    ހޯރަފުށި ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް

  • 8-

    ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (32އ)

  • 9-

    އާދަމް ނިޝާން (38އ)، ލ. މާމެންދޫ/ސޯސަންވިލާ

  • 10-

    އަހުމަދު ނަސޫހް (26އ)، ގއ. މާމެންދޫ/އަސްރަފީވިލާ

  • 11-

    އަބްދުﷲ ރިފާއު (31އ)، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • 12-

    ފަޒްލޫން މުހައްމަދު (33އ)، ށ. މިލަންދޫ/ނާޒް

  • 13-

    އަހްމަދު އަލީ (26އ)، ކ.މާލެ/މ. ފަޅުމަތީގެ

  • 14-

    މުހައްމަދު ޒީޝާން ނާސިރު (30އ)، ކ. މާލެ/ގ. ކޮލަމްބިއާ

  • 15-

    އިބްރާހިމް ޒިހާނު (25އ)، ނ. ވެލިދޫ/މިލާނޯ

  • 16-

    އަލީ މިރުޝާދު (31އ)، އއ. މާޅޮސް/ލަކީސްޓާ

  • 17-

    މުހައްމަދު ޝާން (32އ)، ލ. މުންޑޫ/އަންނާރުމާގެ

  • 18-

    އަބްދުﷲ ނިޔާޒު (41އ)، ކ. މާލެ/ގ. ފީނިކްސް

  • 19-

    އަލީ މުހައްމަދު (36އ)، ތ. ތިމަރަފުށި/އަލީއާބާދު

21 ޖޫން 2022 ވަނަ ދުވަހު އޮތް ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 23 އަދި 24 ޖޫން ވަނަ ދުވަހު ހައްޔަރު ކުރި މީހުން. (ފޮޓޯ/ޕޮލިސް)

މި މީހުންގެ ތެރެއިން ފުރަތަމަ ހަ މީހުން ހައްޔަރުކުރީ އެ ހާދިސާ ހިނގި އަންގާރަ ދުވަހު (ޖޫން 21) އެވެ. އިތުރު ހަ މީހުން ހައްޔަރު ކުރީ ޖެހިގެން އައި ބުދަ ދުވަހު އެވެ. ޖޫން 23 ވަނަ ދުވަހު ދެ މީހުން ހައްޔަރު ކުރި އިރު، ބާކީ ތިބި ފަސް މީހުން ހައްޔަރު ކުރީ ޖޫން 24 ވަނަ ދުވަހު އެވެ.

ފުރަތަމަ ދެ ދުވަހު ހައްޔަރުކުރި 12 މީހުންގެ ތެރެއިން ހަތަރު މީހެއް ބަންދަށް ދެ މަސް ދުވަސް ޖަހާފައިވެ އެވެ. އަދި ބާކީ ތިބި އަށް މީހުންގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަސް ނުވަތަ ހަތް ދުވަހެވެ.

ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި ދެ މީޙުންގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ޖެހި އިރު ދެން ހުރި މީހާގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ. އަދި އިއްޔެ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ވެސް 45 ދުވަސް ވަނީ ޖަހައިދީފަ އެވެ.

ހާދިސާ ކުރުކޮށް:

  • އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

  •  ޔޯގާ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް