Majlis 2024

މިއަދު ރާއްޖެ އައި އެއިރޯފްލޯޓްގެ ބޯޓުން މީހުން ފައިބަނީ: ހަފްތާއަކު ދެ ފްލައިޓް ރާއްޖެއަށް ބާއްވާނެ. (ފޮޓޯ/އެމްއޭސީއެލް)

ޓޫރިޒަމް

އެއިރޯފްލޯޓްގެ ދަތުރުތައް 2 މަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއަށް ފަށައިފި

ފުރަތަމަ ފްލައިޓުން ވެސް 296 މީހަކު ރާއްޖެ އައިސްފައިވޭ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ވެސް އުދުހުން ހުއްޓާލި ރަޝިޔާގެ ގައުމީ އެއާލައިން، އެއިރޯފްލޯޓްއިން ރާއްޖެއަށް މިއަދު އަލުން ދަތުރުތައް ފަށައިފި އެވެ.

އެނގުން މުހިންމު - ރަޝިޔާއިން ރާއްޖެއަށް ދުވާލަކު 300 އެއްހާ ޓޫރިސްޓުން އުފުލަމުން ދިޔަ އެއިރޯފްލޯޓްގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ މިދިޔަ މާޗު 8ގަ އެވެ. އެއިރޯފްލޯޓްގެ ދަތުރުތައް ރާއްޖެއަށް އަލުން މި ފެށީ އެ އެއާލައިންގެ ބޯޓުތަކަށް ރާއްޖެއިން ހުރަހެއް ކުރިމަތި ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އެ ގައުމަށް ދިނުމާ ގުޅިގެންނެވެ. 

ވީ ކިހިނެއް؟ - އެއިރޯފްލޯޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ފްލައިޓް، މޮސްކޯއިން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފައި ވަނީ މިއަދު ހެނދުނު 8:15ގަ އެވެ. މިއަދު އައި ފްލައިޓުން 296 މީހަކު ރާއްޖެ އައިސްފައިވެ އެވެ. 

މިއަދު ރާއްޖެ އައި އެއިރޯފްލޯޓްގެ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި. (ފޮޓޯ/އެމްއޭސީއެލް)

އެއިރޯފްލޯޓްގެ ރާއްޖޭގެ ދަތުރުތައް:

  • އެ އެއާލައިނުން ރާއްޖެއަށް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރާނެ

  • އެއިރޯފްލޯޓްގެ ދަތުރުތައް ކުރާނީ އެއާބަސް އޭ-330 މަރުކާގެ ބޯޓްތަކުގައި؛ އެއީ 300 މީހުންގެ ބޯޓެއް

ގުޅުންހުރި ކަމެއް - އެއިރޯފްލޯޓްގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ޖެހުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެ އެއާލައިނުން ބޭނުންކުރާ ބޯޓުތަކަށް ދޫކޮށްފައިވާ އިންޝްއަރެންސްތައް ކެންސަލްކުރުމާ ގުޅިގެންނެވެ.

މިއަދު ރާއްޖެ އައި އެއިރޯފްލޯޓްގެ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި. (ފޮޓޯ/އެމްއޭސީއެލް)

ރާއްޖޭގެ ޓޫރިޒަމްގައި ރަޝިޔާ:

  • ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު 

  • ރަޝިޔާ އަކީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ތިން ވަނަ މާކެޓް 

  • ރަޝިޔާއިން މި އަހަރުގެ މިހާތަނަށް 54،624 މީހުން ރާއްޖެ އައިސްފައި 

  • އެއީ ޖުމްލަ ޓޫރިސްޓުންގެ %10.3 

އިތުރު އާޓިކަލް

އިތުރު އާޓިކަލް