ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ޖީން ސީކުއެންސިން މެޝިނެއް ހަދިޔާކުރުން

ކޮވިޑް-19

ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ މެޝިނެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

މި މެޝިންގެ ސަބަބުން ކޮވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނި
6 އޭޕްރީލު 2022

ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަންނަން ޓެސްޓް ހަދާ މެޝިން، ޖީން ސީކުއެންސް މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖީން ސީކުއެންސް މެޝިންއާ ހަވާލުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. 

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ މޯލްޑިވްސް އިން ބުނީ މި ޓެކްނޮލޮޖީގެ ސަބަބުން ކޮވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓެސްޓު ހައްދަން ދާ ހަރަދުވެސް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ތަފްސީލް - އެ ޖަމިއްޔާ އިން އަދި ބުނީ ޖީން ސީކުއެންސިންގެ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން، ކޮވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އެނގުން މުހިއްމު - ޖީން ސީކުއެންސިން އިން ކޮވިޑް-19 ފެތުރޭ މިންވަރު ބެލުމާއި، ވައިރަސް ގެ އެކްޓިވިޓީ އަދި އިވޮލިއުޝަން މޮނިޓަރު ކުރުމާއި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ އެވެ.

ފަސް މަންޒަރު - މީގެކުރިން ރާއްޖެއިން ޖީން ސީކުއެންސިންއަށް ސާމްޕަލް ފޮނުވީ އިންޑިއާގެ އައިޖީއައިބީ ލެބަށެވެ. އިންޑިއާއިން ނަތީޖާ ލިބެން ގާތްގަނޑަކަށް ދެތިން ހަފްތާ ހޭދަވާއިރު، ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ ގާއިމުކުރެވުމާއި އެކު، ނަތީޖާ ލިބުން އަވަސް ވެގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް