ސްރީ ލަންކާގެ ބާރު ދުވުންތެރިޔާ ޔުޕުން އަބޭކޫން، މި އަހަރު އޮތް އެހެން ރޭހެއްގައި ދުވަނީ: އޭނާ އަކީ ކޮމަންވެލްތު ގޭމްސްގައި 1998ގެ ފަހުން އެތުލެޓިކްސް އިން މެޑެލް ހޯދި ލަންކާގެ ފުރަތަމަ ދުވުންތެރިޔާ

ލަންކާގެ ޔުޕުން 100 މީޓަރުން ލޯ މެޑެލް ހޯދައިފި

ރަން މެޑެލް ވެސް ހޯދާފާނެ ކަމަށް ބެލެވުނު ދުވުންތެރިޔާ ފައިނަލްގައި އެހާ ބާރެއް ނޫން

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުން 10:14 ސިކުންތުން ނިންމައިގެން ސްރީ ލަންކާގެ ޔުޕުން އަބޭކޫން ރޭ ލޯ މެޑެލް ހޯދައިފި އެވެ. މިއީ 1998ގެ ފަހުން މުބާރާތުގެ އެތުލެޓިކްސް އިވެންޓެއްގައި ލަންކާއަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.

ހީޓްގައި އެންމެ ބާރު ވަގުތެއް ހޯދި ޔުޕުންއަށް ރަން މެޑެލް ކާމިޔާބުކުރެވޭނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު މިހާރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ގުނާލެވޭ 27 އަހަރުގެ ދުވުންތެރިޔާ ބަލިކޮށް ރަން މެޑެލް ގެންދިޔައީ އެފްރިކާގެ ޗެމްޕިއަން ކެންޔާގެ ފާޑިނާންޑް އޮމަންޔާލާ އެވެ. އޭނާ ރޭސް ނިންމީ 10.02 ސިކުންތުންނެވެ.

ރިހި މެޑެލް ކާމިޔާބުކުރީ އެންމެ ފަހު މުބާރާތުގެ ރަން މެޑެލް ހޯދި ސައުތު އެފްރިކާގެ އަކާނީ ސިމްބައިން އެވެ.

މި ފައިނަލްގެ ކުރިން ހީޓްގަ އާއި ސެމީ ފައިނަލްގައި ޔުޕުން ނެރުނީ މުޅިން ތަފާތު ދެ ނަތީޖާއެކެވެ. ހީޓްގައި 10:06 ސިކުންތުން ނިންމައިގެން އެންމެ އަވަސް ވަގުތެއް ހެދި ދުވުންތެރިޔާއަށް ފައިނަލުން ޖާގަ ލިބުނީ ތިން ވަނަ ސެމީ ފައިނަލްގައި 10.20 ސިކުންތުން ނިންމުމުން، އަށް ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ.

މިހާތަނަށް 10 ސިކުންތަށް ވުރެ އަވަހަށް ދުވި ސައުތު އޭޝިއާގެ ފުރަތަމަ ދުވުންތެރިޔާއަށް މި އަހަރު ވި ޔުޕުންއަކީ މިހާރު ލަންކާގެ އެންމެ މަޝްރޫއު ކުޅިވަރު އެއް ޝަހުސިއްޔަތެވެ. އޭނާ ތަމްރީން ހަދަމުން އަންނަނީ އިޓަލީގައި ދިރިއުޅެމުންނެވެ.

ކޮމެންޓް

Placeholder

ކޮމަންވެލްތު ގޭމްސް 2022

ކޮމަންވެލްތު ގޭމްސް 2022