ރެސްޓޯރެންޓެއްގައި ބަޔަކު އިށީނދެގެން. ރެސްޓޯރެންޓުތައް ހުޅުވައިގެން ހިދުމަތްދެވޭ ވަގުތު އިތުރުކުރަން ވަނީ ނިންމާފައި

ކެފޭ، ރެސްޓޯރެންޓުތައް މެންދަމު 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ތިބެގެން ހިދުމަތް ހޯދޭނެ ވަގުތު މެންދަމު 1 އާ ހަމައަށް އިތުރު ކޮށްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލުގެނެސްފައިވާތީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4 އިން މެންދަމު 1 އަށް މިހާރު ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

ފެށުނު ގޮތް - ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުން މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެން ކެފޭ، ރެސްޓޯރެންޓުތަކުން ހިދުމަތް ދިނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީ އަށެވެ.

ބަލި ކޮންޓްރޯލުވާން ފެށުމުން ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ޖުލައި 8އިން ފެށިގެން، ފަތިހު 4 އިން ރޭގަނޑު 11:30 އަށް ކެފޭތައް ހުޅުވައިގެން ޑައިން އިންގެ ހިދުމަތް ދެވޭ ގޮތަށް ލުއި ދިނެވެ. 

ތަފްސީލް - ކެފޭތަކާއި ރެސްޓޯރެންޓުތަކުން މެންދަމު 1 ޖަހަންދެން ޑައިން އިންގެ ހިދުމަތް ދެވޭގޮތަށް އުސޫލަށް ބަދަލު ގެނައިއިރު، އެފަދަ ވިޔަފާރިތަކަށް 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް