ހައްޖުގެ އަޅުވެރިން ގައިދުރުކަންމަތީ އަދި މާސްކް އަޅައިގެން ތިބެ، ތޮއާފު ކުރަނީ -- ފޮޓޯ/ ރޮއިޓާސް

ހައްޖުވެރިން މާސްކުއެޅުމަށް ލުއިތަކެއްދީފި

ސައުދީ އަރަބިޔާއަކީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކޮވިޑާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެއް

މީގެ ދެ މަސް ކުރިން ދެ އަކުރުގެ އަދަދެއްގައި ހުރި ކޮވިޑް 19ގެ ކޭސްތަކުގެ އަދަދު ވަރަށް ބާރަށް ކުރިއަށް ގޮސް، ދުވާލަކު ކޮވިޑަށް ޕޮސިޓިވްވާ ރޭޓް 1،000 އަށް ވުރެ މައްޗަށް ދިޔަ ނަމަވެސް ސައުދީ އަރަބިޔާގެ އިމާރާތްތަކުގެ ތެރޭގައި މާސްކް އެޅުން އުވާލައިފި އެވެ.

ސައުދީ އަރަބިޔާއިން ހޯމަ ދުވަހު މާސްކް އެޅުން އުވާލި އިރު ދުނިޔޭގެ ގައުމުތަކުން މި އަހަރު 850،000 ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ސައުދީން ވަނީ ތައްޔާރުވެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް މެދު ކަނޑާލުމަށް ފަހު ހައްޖުވެރިންގެ ފުރަތަމަ ބެޗު ވަނީ މި މަހު ކުރީ ކޮޅު ސައުދީއަށް ގޮސްފަ އެވެ. އެއީ އިންޑޮނޭޝިޔާގެ ހައްޖުވެރިންނެވެ.

އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން މައްކާ އަދި މަދީނާގައި ހައްޖުވެރިން  ތޮއާފު ކުރުމުގަ އާއި އަދި އަޅުކަމުގައި އުޅޭ އިރު މާސްކް އަޅަން މަޖުބޫރެވެ. އިންތިޒާމު ކުރާ ފަރާތްތަކަށް ވަނީ މާސްކް އެޅުމާއި ނޭޅުމުގެ އިހްތިޔާރު ދީފަ އެވެ.

ސައުދީ އަރަބިޔާއިން ވަނީ މޯބައިބައިލް އެޕް މެދުވެރިކޮށް ވެކްސިން ޖެހިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ކުރިން އޮތް ގަވާއިދު ވެސް އުވާލައިފަ އެވެ. ކުރިން އޮންނަ ގޮތުން މަތިންދާ ބޯޓުގަ އާއި ބައެއް ތަންތަނަށް ދެވޭނީ މާސްކް އަޅައިގެންނެވެ.

މާސްކް އެޅުމާއި އެޕް ބޭނުން ކުރުން ފަހުގެ މަސްތަކުގައި އެހާ ބޮޑަކަށް އަމަލެއް ނުކުރެ އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުސްލިމުންގެ ހައްޖުގެ އަޅުކަމަށް ހުރަސް އެޅިފައިވާތާ ދެ އަހަރު ވެއްޖެ އެވެ. ހައްޖުގެ އަޅުކަމަކީ ސައުދީ އަރަބިޔާއަށް ގިނަ އަދަދަކަށް އާމްދަނީ ވަންނަ ދޮރެއްވެސްމެ އެވެ. ކޮވިޑްގެ  ކުރިން އަހަރަކު 2.5 މިލިއަން މީހުން ވަރު ހައްޖަށްދެ އެވެ. އަދި އަހަރަކު ސައުދީއަށް އާމްދަނީގެ ގޮތުގައި 2 ބިލިއަން ޑޮލަރު ލިބި އެވެ.

ހައްޖުގެ އަޅުކަމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަވާ ކޮންމެ މީހަކު އެމީހެއްގެ އުމުރުން އެއް ފަހަރު ހައްޖުގެ އަޅުކަން އަދާކުރަން ޖެހެ އެވެ.

ސައުދީ އަރަބިޔާއަކީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކޮވިޑާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ.

އެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސައުދީ ރައްޔިތުން ގައުމުން ފުރުން މަނަލެވެ. އަދި އެތައް ގައުމަކުން ސައުދީއަށް މީހުން ވަނުން ވެސް އޮތީ މަނާކޮށްފަ އެވެ. ބަންދު ތަންތަނާއި ފިހާރަތަކަށް ވަންނަ އިރު ވެކްސިން ޖަހާފައި ހުރި ކަން ކަށަވަރުކޮށްދޭން ޖެހެ އެވެ. އަދި އެއާ އެކު ހައްޖަށް މީހުން ދިއުން އޮތީ މަނާވެފަ އެވެ.

ގައުމު އިތުރަށް ހުޅުވާލީ ޓޫޜިޒަމްގެ ސަބަބުން ގައުމުގެ އިގްތިސާދަށް އެކަމުގެ ފައިދާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

ހަފުތާއެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު %100 މައްޗަށްދާތީ ޔުނައިޓެޑް އެރަބި އެމެރޭޓްސް (ޔޫއޭއީ) އިން ވަނީ މާސްކް އެޅުމަށް އިތުރަށް ސަމާލުކަން ދިނުމަށް ބާރު އަޅައިފަ އެވެ. ގިނަ ބަޔަކަށް ވެކްސިން ޖަހާފައި ވިޔަސް، ނުވަ މިލިއަން މީހުންގެ އާބީދީގެ ތެރެއިން ދުވާލަކު 1،300 ވަރަކަށް މީހުންނަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ.

ޔޫއޭއީގައި މާސްކް ގަވާއިދާ ހިލާފު ވެއްޖެ ނަމަ 815 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް