Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގިނަ އަހަރުތަކެއް ވަންދެން ތައުލީމް ދެމުން އަންނަ ވިލާ ކޮލެޖްގެ މައި އިމާރާތް. (ފޮޓޯ/ވިލާ ކޮލެޖު)

15 އަހަރު ވެފައިވާ ކޮލެޖުތަކަށް ޔުނިވަސިޓީގެ ދަރަޖަ ދެވޭ އިސްލާހު ބެރުކޮށްލައިފި

މިހާރު ގާނޫނު އޮންނަ ގޮތުން، ޔުނިވަސިޓީގެ ދަރަޖަ ލިބޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 20 އަހަރު މެދުނުކެނޑި އެ ކޮލެޖެއް ހިންގާފައިވުން

ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މިިދިޔަ ސެޕްޓެމްބަރު މަހު، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލުކުރައްވާ އިބްރާހިމް ނަސީމް އެވެ. މި ބިލު ދިރާސާކުރި ގައުމީ ތަރިކަ ކޮމިޓީން ނިންމާފައި އޮތީ، ކުދި ބައެއް ބަދަލުތަކާ އެކު އެ ބިލު ފާސްކުރުމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ އެ ބިލު ބޭރުކޮށްލުމަށެވެ.

ތަފްސީލު - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ، ކޮމިޓީން ނިންމި ގޮތަށް ފާސްކުރުމާ މެދު އެވެ. އެގޮތުން:

  • 43 މެންބަރުން ވޯޓު ދެއްވީ ބިލު ފާސްނުކުރުމަށް 

  • ބިލު ފާސްކުރަން ވޯޓު ދެއްވީ 10 މެންބަރުން

ދެވަނަ ވޯޓު ނެގީ، ބިލު އިތުަރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަމަށެވެ. އެގޮތުން:

  • 43 މެންބަރުން ވޯޓު ދެއްވީ ބިލު ކޮމިޓީއަށް ނުފޮނުވައި ބޭރުކޮށްލުމަށް 

  • އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވީ 11 މެންބަރުން

އެނގުން މުހިންމު - ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އެ ބިލުގައި ބުނެފައި ވަނީ:

  • ރާއްޖޭގައި ހިންގާ ކޮލެޖުތައް، ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ އެ ތަންތަން ވަކި މުއްދަތަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކުރުން 

  • އޭގެ ބަދަލުގައި، އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކޮލެޖްތަކަށް ބާރުއެޅުމަށް، ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރަށް ރިއާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއްގެ ގޮތުގައި ހަމަޖެއްސުން

މި ބިލު ހުށަހެޅުއްވި ތުލުސްދޫ ދާއިރާ މެންބަރު އިބްރާހިމް ނަސީމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މި ބިލުގައި މައިގަނޑު އިސްލާހަކަށް އޮތީ، ޔުނިވަސިޓީގެ ދަރަޖަ ދިނުމަށް ކޮލެޖްތަކުން ފުރިހަމަ ކުރަން ޖެހޭ ބައެއް ޝަރުތުތަކަށް ލުއި ދިނުމުގެ އިތުރަށް، ބައެއް ޝަރުތުތައް އިތުރަށް ތަފްސީލު ކުރުމެވެ. އެގޮތުން، ނަސީމް ހުށަހަޅުއްވާފައި ވަނީ، މެދުނުކެނޑި 15 އަހަރު ވަންދެން ހިދުމަތް ދެމުން އަންނަ ކޮލެޖުތަކަށް ޔުނިވަސިޓީގެ ދަރަޖަ ލިބޭ ގޮތަށް ހެދުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން:

  • ޔުނިވަސިޓީގެ ދަރަޖަ ލިބޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރު ވެފައިވާ ތަން ތަނަށް 

  • ބޭރު ގައުމެއްގެ ޔުނިވަސީޓީއެއް ރާއްޖޭގައި ހިންގާ ނަމަ، އެ ތަނެއް އެ ގައުމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 10 އަހަރު ވާން ޖެހޭ

ނަސީމް ބިލު މަޖިލީހަށް ހުށަހެޅުއްވިއިރު، ބޭރު ގައުމެއްގެ ޔުނިވަސިޓީގެ މުއްދަތަށް ބަދަލެއް ނުގެނެ އެވެ. ނަމަވެސް، ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އެ މުއްދަތު ވަނީ 15 އަހަރަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން ކޮމިޓީން ގެނެސްފައިވާ ބަދަލުތަކަކަކީ:

  • ޔުނިވާސިޓީގެ ޝަރުތުތަކުގެ ގޮތުގައި، ޑިގްރީއަށް ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ޕްރޮގްރާމްތަކުގައި މަދުވެގެން 1،000 ދަރިވެރިވަރުން ކިޔެވުން؛ ނަސީމް އިސްލާހު ހުށަހެޅުއްވިއިރު، އެ އަދަދު އޮތީ މަދުވެގެން 500އަަށް ހަދަން

  • ނަސީމް ހުށަހެޅުއްވި އިސްލާހުތަކުގައި ޔުނިވަސިޓީގެ ދަރަޖަ ދޭ ބައެއް ޝަރުތުތައް އުނިކޮށްފައިވޭ

  • އޭގެ ތެރޭގައި ބޭރުގެ ޔުނިވަސިޓީތަކާއި ޖަމާއަތްތަކާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިމާ ލިބިފައިވާ ކޮލެޖަކަށްވުމާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ ކޮލަޖަކަށްވުމުގެ ޝަރުތު އުނިކޮށްފައިވޭ

ފަސް މަންޒަރު - ރާއްޖޭގައި މިވަގުތު ހުރީ ދެ ޔުނިވަސިޓީ އެވެ. އެއީ ސަރުކާރުގެ ދެ ތަން ކަމަށްވާ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީ އެވެ. މި ބިލު ފާސް ވެއްޖެ ނަމަ، މިހާރު ހުރި ގިނަ ކޮލެޖުތައް ޔުނިވަސިޓީތަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ކޮމެންޓް (1)

ހިތަދޫ 2

22 ނޮވެމްބަރު 2022
ވިޔަފާރިއަށް ޓަކާ ކޮންމެފަދަ ބިލެއްވެސް ފާސްކުރަން އެބަ ލައި، މިކިޔަނީ ތައުލީމުގެ ވާހަކަ، ބޮޑު ވަރު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް