Majlis 2024

ކްރިމިނަލް ކޯޓު: އެ ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް ގާޒީންނަށް އެލަންވެސް ދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ބެކްލޮގް ސާފުކުރަން ގާޒީންނަށް އެލަވަންސް ދޭން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރުމަށް ގާޒީންނަށް އެލަންވަސް ދޭން ގާތްގަނޑަކަށް 600،000ރ. އިތުރަށް ހަރަދުވާނެ

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރުމަށް އެ ކޯޓުގެ ގާޒީން ނުރަސްމީ ގަޑީގައި މަސައްކަތް ކުރާ ނަމަ އިތުރު އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. މިކަމަށް ބެޖެޓްކޮށް ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފަ އެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ހަތަރު މަސްދުވަހުގެ ތެރޭގައި ސާފުކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރުމަށް އެ ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ން ހުށަހެޅި އެވެ. 

ތަފްސީލު - މި ދެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން މީގެ ކުރިން ފާސްކޮށްފައިވަނީ، އެ ދެ އިދާރާ އިން އެދިފައިވާ ގޮތަށް ފައިސާ ދިނުމަށް ރުހުން ދިނުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. އެގޮތުން:

  • މި މައްސަލަ ދިރާސާ ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބް ވަކިކޮޅަކަށް ވޯޓެއް ނުދެއްވާ 

  • ކޮމިޓީގައި ވެސް އޭނާ ވަނީ، އިގްތިސާދީ ގޮތުން ދަތި މިފަދަ ދަނޑިވަޅެއްގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުނުކުރުމަށް ވަކާލާތު ކުރައްވާފައި

ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފުކުރުމަށް ގާޒީންނަށް އެލަންވަންސް ދޭން ފާސް ކުރީ 57 މެންބަރުންގެ ވޯޓުންނެވެ.

ގާޒީންނަށް އެލަވެންސް ދެނީ:

  • ހަތަރު މަސްދުވަހުގެ ތެރޭގައި ނުރަސްމީ ގަޑީގައި 10 ގާޒީން މަސައްކަތަށް ނެރެގެން ކޮންމެ ގާޒީއަކަށް ދުވާލަކަށް 500ރ. ދިނުމަށް 

  • މިކަމަށް ގާތްގަނޑަކަށް ޖުމްލަ 600،000ރ. އިތުރަށް ހަރަދުވާނެ ކަމަށް ޑީޖޭއޭން ވަނީ ބުނެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް