Majlis 2024

ޝިދާތާ އެމްއެންޕީގެ އިސް ވެރިންނާ އެކު: އޭނާއަކީ މިހާރު އެ ޕާޓީގެ ތަރުޖަމާނު. (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީ

ޝިދާތާ އެމްއެންޕީގެ ތަރުޖަމާނަކަށް ހަމަޖައްސައިފި

އެމްއެންޕީން މިކަން ސިފަ ކުރަނީ ސިޔާސީ ގޮތުން ޝައުގުވެރި ނިންމުމެއްގެ ގޮތުގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނަކަށް، އެ ޕާޓީގެ ނައިބު ރަައީސް އަދި މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިއްޔެ ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ޝިދާތާ އެ މަގާމަށް ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި އަސްރާ އަހްމަދު މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްރާ އިސްތިއުފާ ދެއްވީ ތައުލީމް ހާސިލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލު - ޝިދާތާ އެމްއެންޕީގެ ތަރުޖަމާނަކަށް ރަސްމީކޮށް ހަމަޖެއްސީ އެ ޕާޓީގެ ވެރިން އިއްޔެ ނޫސްވެރިންނާ އެކު ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގަ އެވެ. ޝިދާތާއާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމަށް ފަހު އެމްއެންޕީން ބުނީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީތަކުން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ޝިދާތާ ފަދަ ތަޖުރިބާކާރު އަންހެން ބޭފުޅަކު ޕާޓީގެ ބަސް އިއްވުމަށް އައްޔަންކުރުން ވެގެންދާނީ "ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އަދި ޝައުގުވެރިވާނެ" ނިންމުމަކަށް ކަމަށެވެ.

ބުނީ ކީކޭ؟ - އިއްޔެ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، ޕާޓީ އުފެއްދުމަށް ފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ޕާޓީން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީން ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގައި ޝިދާތާގެ ހިއްސާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކުގައި ވެސް ސިޔާސީ މަސައްކަތުގައި ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފައިވާނެ ކަމަށާއި ކުރިއަށް ފިޔަވަޅު އަޅަނީ އެ ތަޖުރިބާތަކުގެ އަލީގައި ކަމަށެވެ.

"ކުރިއަށް އޮތީ މަސައްކަތް ގިނަ ބުރަ ދުވަސްތަކެއް. އެހެންކަމުން އެމްއެންޕީގެ ފަރާތުން ފެންނާނީ ފުރިހަމައަށް މި މަސައްކަތަށް ގިޔަރު އަޅުވައި ބާރުކުރާ މަންޒަރު. މީޑިއާތަކަށް އަޅުގަނޑު ގޮވާލާނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު، ނުފޫޒުން އެއްކިބާވެ ތިބެ ގަލަންތައް ހިންގުމަށް،" އަދާލަތު ޕާޓީގެ ސޮލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގަތުމަށް ފަހު، ފަހުން އެ މަގާމުންނާއި އަދާލަތު ޕާޓީން އިސްތިއުފާ ދެއްވި ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ:

  • އަދާލަތު ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި 

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު ވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި 

  • ޝިދާތާ އެމްއެންޕީއާ ގުޅިވަޑައިގަތީ ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވުމަށް ފަހު 

  • އެމްއެންޕީ ރަޖިސްޓްރީ ކުރުމުގެ ކުރިން ޝިދާތާ ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި ޕާޓީ އުފެއްދުމުގެ މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައި

ކޮމެންޓް (1)

ސިޔާމާ

7 އޯގަސްޓު 2022
ދޫނުކޮށް މަގާމެއް ލިބޭތޯ ދުވެދުވެ ތިބެނީ ވެސް ގައުމަށްޓަކާ؟ ހީހީ ހަލާކު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް