ފެޝަން

މޭކަޕް އާޓިސް ވިކާއާ އެކު: ޕާޓީއަކަށް މޭކަޕް ކޮށްލާނެ ގޮތް

'ބްލެކް އަޕް' ބްރޭންޑުގެ އުފެއްދުންތައް ބޭނުންކޮށްގެން އީދު ދުވަހަށް ނުވަތަ ޕާޓީއަކަށް އެކަށޭނެ ހިތްގައިމު ލުކެއް

މިފަހަރު 'ދައުރު'ގެ ބިއުޓީ ސެގްމެންޓުގައި ދައްކާލަނީ މޭކަޕް އާޓިސްޓު ފާތިމަތު ވިކާޝާ ޕާޓީ ލުކެއް ޖައްސާލާ ގޮތެވެ. މިއީ އީދު ދުވަހު، އީދު ހެދުމާ ގުޅުވާލައިގެން ޖައްސާލަން ވެސް އެކަށީގެންވާނެ މޭކަޕް ލުކެކެވެ. މި ލުކް ފުރިހަމަކުރަން ބޭނުންކޮށްފައި ވަނީ، ލެ ޕާފިއުމް އިން ވިއްކާ 'ބްލެކް އަޕް' ބްރޭންޑުގެ މޭކަޕް އެވެ. މި ވީޑިއޯގައި ދައްކާލާ ހުރިހާ މޭކަޕް އުފެއްދުމެއް ވެސް ލެ ޕާފިއުމް ފިހާރައިން ލިބެން ހުންނާނެ އެވެ.

ޕާޓީއަކަށް ނުވަތަ އެ ނޫން ވެސް ހާއްސަ މުނާސަބަތަކަށް މި ވީޑިއޯގައި ފެނިގެންދާ މޭކަޕް ވަރަށް ކަމުދާނެ އެވެ. އަދި މިލުކް ޖައްސާލަން ގެންގުޅޭނެ ހުރިހާ ފިޔަވަޅުތަކެއް ވިކާ މި ވިޑިއޯގައި ދައްކާލާނެ އެވެ.

މޭކަޕް ޖެއްސުމުގެ ކުރިން އެންމެ ފުރަތަމަ ފިޔަވަޅަކީ މޭކަޕް ޕްރައިމާއެއް މޫނުގައި ހާކާލުމެވެ. 'ބްލެކް އަޕް'ގެ ކަރެކްޓިން އެންޑް ރޭޑިއަންސް ޕްރައިމާ އެއްވަރަކަށް މޫނުގައި ހާކާލާށެވެ. އެއަށް ފަހު އެ މީހަކު ބޭނުން ނަމަ ދެ ފައުންޑޭޝަނެއް އެއްކޮށްލައިގެން އެ މީހެއްގެ ހަމުގެ ކުލައާ ގުޅޭ ޝޭޑެއްގެ ފައުންޑޭޝަން ހާކާލާށެވެ.

މި ވީޑިއޯގައި މޭކަޕް މޮޑެލް ކޮށްދިން ޒައިނާގެ ހަމުގެ ކުލައާ ގުޅޭ ކުލައެއް ނެރެން ވެގެން ވިކާ ދެ ފައުންޑޭޝަން ޝޭޑެއް އެއްކޮށްލި އެވެ. ބިއުޓީ ސްޕޮންޖެއް ބޭނުންކޮށްގެން ޖައްސާލާށެވެ. އަދި ފައުންޑޭޝަނަށް ފަހު 'ބްލެކް އަޕް'ގެ ޕައުޑާ ޖައްސާލާށެވެ.

މި ލުކަށް ލޮލުގަ އާއި ތުންފަތުގައި ބޭނުންކުރި މައިގަނޑު ކުލަ އަކީ ފިޔާތޮށި ކުލަ އެވެ. އެކަމަކު އެ މީހަކު ބޭނުން ނަމަ އެހެން ކުލަތައް ވެސް ހެދުމާއި މުނާސަބަތަށް އެންމެ އަކަށޭނެ ގޮތަކަށް ބޭނުންކޮށްލެވޭނެ އެވެ. ކޮންމެ ކުލައެއް ވެސް ލޮލުގަ އާއި ކޮލުގައި ޖައްސާއިރު ރަނގަޅަށް ބްލެންޑު ކުރަން ސަމާލުކަން ދޭން ވާނެ އެވެ.

މޭކަޕް އާޓިސްޓު ވިކާ އަކީ މިކަހަލަ ޕާޓީ ލުކްތަކަށް މަޝްހޫރު އާޓިސްޓެކެވެ. އޭނާ ވަނީ އެކި ވައްތަރުގެ ޕާޓީ ލުކްތައް ވަނީ ކޮށްދީފަ އެވެ. އޭގެ ތެރެއިން ކައިވެނި ހަފްލާތަކަށް މޭކަޕްގެ އެކި ހިތްގައިމު ސްޓައިލުތައް ކޮށްދީފައިވެ އެވެ.

މި ވީޑިއޯއިން ދައްކާލި މޭކަޕަކީ ފަސޭހައިން، 'ބްލެކް އަޕް'ގެ އުފެއްދުންތައް ބޭނުންކޮށްގެން ފުރިހަމަކޮށްލެވޭނެ ލުކް އެކެވެ. އަދި ބޭނުންކުރި ޕްރޮޑަކްޓްތައް ގަނެލަން ބޭނުން ނަމަ ލެ ޕާފިއުމްއަށް ޒިޔާރަތްކޮށްލަވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް