Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ސިފްކޯގެ ފެލްޓްތައް އެސްއޯއީ ކޮމިޓީގެ މެންބަރުން ބައްލަވާ ލައްވަނީ: އެ މަޝްރޫއު އަވަހަށް ނިންމުމުގެ މުހިންމުކަން ކޮމިޓީން ފާހަގަކުރޭ. (ފޮޓޯ/މަޖިލީސް)

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް 1.5 ބިލިއަން ރުފިޔާގެ ލޯނު؛ ކުލި ބޮޑުވާނެ

ސިފްކޯ އަދި ޕޮލްކޯގެ ފްލެޓްތައް ހެދުމަށް ނެގި ލޯނުތައް މިހާރު ވަނީ ދައްކަން ޖެހިފައި

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި ލަސްވެގެން ދިޔުމުގެ ސަބަބުން އެ ތަންތަން ހެދުމަށް ނަގަން ޖެހިފައިވާ ލޯނުގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ގޮސްފައި ވާތީ، އެ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ނަގަން މީގެ ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އަގު ބޮޑުވާނެ ކަމަށް ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕޮލްކޯ އާއި ސިފްކޯ އިން ހުޅުމާލޭގައި ހަދަމުން އަންނަ އެ ފްލެޓްތަކުގެ މަޝްރޫއުގެ މައްސަލަ ބެލުމަށް ފަހު ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި:

  • ސިފައިން އަދި ޕޮލިސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ނުވަ އަހަރަށް ވުރެ ލަސްވެފައިވުމުން އަންދާޒާ ކުރި ވަރަށް ވުރެ ހަރަދު ބޮޑުވެފައިވޭ

  • ސިފްކޯ އިން ނަގާފައިވާ ލޯނުގެ ޖުމްލަ 867 މިލިއަން ރުފިޔާއަށް އަރާ

  • ޕޮލްކޯ އިން ނަގާފައިވާ ލޯނުގެ އަަދަދު 725.4 މިލިއަން ރުފިޔާއަށް އަރާ

  • އެ މަޝްރޫއަށް ނެގި ލޯނުތަކުގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާ

  • މަސައްކަތް ނިންމަން، ސިފްކޯ އަދި ޕޮލްކޯ އިން އިތުރު ލޯނު ނަގަން ޖެހޭ 

  • ފްލެޓް އަގުބޮޑުވެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އިތުރުވާނެ 

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މަޝްރޫއު ދިގުލައިގެން ދިޔުމުން ފްލެޓްތަކުގެ އަގަށް އަންނާނެ ބަދަލު ފްލެޓް ލިބޭ ފަރާތްތަކަށް ސިފްކޯ އިން ވެސް އަދި ޕޮލްކޯ އިން މިހާތަނަށް ބުނެދީފައި ނެތް ކަމަށެވެ.

ސިފްކޯގެ ފްލެޓްތަކުގެ ކަންކަމުގައި އެސްއޯއީ ކޮމިޓީގެ މެންބަރުން ސިފައިންގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރައްވަނީ. (ފޮޓޯ/މަޖިލިސް)

އެހެންވެ، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މިއަދު ފާސްކުރި އެ ރިޕޯޓްގައި ވަނީ، ފްލެޓްގެ އަގު ބޮޑުވި ނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ނަގާ ކުލި ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށް ބައެއް ކަންކަން ހުށަހަޅައިފަ އެވެ. އެގޮތުން ފާހަގަކުރި ކަންތައްތަކަކީ:

  • މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ފްލެޓްތަކުގެ މަސައްކަތް ނިންމާކަން ކަށަވަރުކުރުން

  • ފްލެޓްތަކުގައި ހުރި ކޮމާޝަލް އެކި ތަންތަން ކުއްޔަށް ދީގެން އެ ބައި ފޫބެއްދޭތޯ ބެލުން

ގަތް ބައެއް ތަކެތި ގެއްލި، ތަން ހަލާކުވެފައި 

ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިފައިން އަދި ފުލުހުންގެ ފްލެޓްތައް ހެދުމަށް ރާއްޖެ ގެނައި ތަކެތި އެތެރެކޮށްފައި ވަނީ ޑިއުޓީއެއް ނުނަގަ އެވެ. ނަމަވެސް އެ މަޝްރޫއަށް އެތެރެކޮށްފައިވާ ބައެއް ތަކެތި މިހާރު ހަމައަށް ނެތް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

އެސްއޯއީ ކޮމިޓީގެ މެންބަރުން ޕޮލްކޯ ފްލެޓްތަކަށް ޒިޔާރަތްކުރައްވަނީ. (ފޮޓޯ/މަޖިލިސް)
އެސްއޯއީ ކޮމިޓީގެ މެންބަރުން ޕޮލްކޯ ފްލެޓްތަކަށް ޒިޔާރަތްކުރައްވަނީ. (ފޮޓޯ/މަޖިލިސް)

އިލްޔާސް ފާހަގަކުރެއްވި ގޮތުގައި، ފްލެޓްތައް އިމާރާތް ކުރުން ލަސްވެގެން ދިޔުމުގެ ސަބަބުން އެ މަޝްރޫއުގައި މިހާރު ކޮށްފައި ހުރި ބައެއް މަސައްކަތްތައް ވެސް ވަނީ އަލުން ކުރަން ޖެހިފަ އެވެ. އެގޮތުން، އިލްޔާސް ފާހަގަކުރެއްވި ކަންކަމަކީ:

  • މަޝްރޫއަށް ގަތް ސިމެންތި ބަސްތާތައް ހަލާކުވެ އަލުން ސިމެންތި ގަންނަން ޖެހުން

  • ޖަހާފައިވާ ތަށިމުށިތަކުގެ ބޮޑުބައި ހަލާކުވެ އަލުން ޖަހަން ޖެހިފައި

  • އަޅާފައިވާ ކަރަންޓް ކޭބަލްތައް ބުރިވެ އަލުން ކަރަންޓް ކޭބަލް އަޅަން ޖެހިފައި

  • އޭސީ ހޮޅިތައް އަލުން ނަގައި ހަރުކުރަން ޖެހިފައި

"މި މަސައްކަތްތައް އަލުން ކުރަން ޖެހުނީމާ މި ދަނީ ޑަބަލް ހަރަދު. މިއީ މަޝްރޫއުގެ އަގު ވަރަށް ބޮޑުވެގެންދާނެ ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.

ލޯނުތަކަށް ފައިސާ ދައްކަން ޖެހިއްޖެ؛ ފިނޭންސަށް ބޮޑު ބުރައެއް

އެ ހަރަދުތަކާ ގުޅިގެން ބޮޑުވަމުން އަންނަ ފްލެޓްގެ އަގާއި މަހު ކުލި ފޫބެއްދުމަށް އެ މަޝްރޫއަށް ދޫކޮށްފައިވާ ބައެއް ލޯނުތަކަށް ފައިސާ ނުދައްކާތީ ނަގަމުން އަންނަ ޖޫރިމަނާގެ އަދަދު ކުޑަކުރުމަށް ވެސް ކޮމިޓީގައި މިއަދު މަޝްވަރާކުރި އެވެ. އެކަމަކު އެކަން ރިޕޯޓްގައި ހިމެނުމަށް ފާހެއް ނުވި އެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ޖަލްސާގެ ތެރެއިން. (ފޮޓޯ/މަޖިލީސް)

މެންބަރު އިލްޔާސް ވިދާޅުވި ގޮތުގައި، ސިފްކޯ އަދި ޕޮލްކޯގެ ފްލެޓްތައް ހެދުމަށް ނެގި ލޯނުތައް މިހާރު ވަނީ ދައްކަން ފަށައިފަ އެވެ. އެގޮތުން، މަޝްރޫއު ނުނިމި އެ ފްލެޓްތަކުން އާމްދަނީއެއް ނުލިބޭތީ ސިފްކޯ ވެސް އަދި ޕޮލްކޯއިން ވެސް ލޯނުތަކަށް ފައިސާ ނުދައްކާތީ ފިނޭންސުން އެ ލޯނުތައް ދައްކަމުން އަންނަކަން އިލްޔާސް ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އުނދަގޫތަކާ ކުރިމަތިވަމުން ދާކަން ފިނޭންސުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

90 މިލިއަން ރުފިޔާ އަނބުރާ ހޯދަން ޖެހިފައި

ކޮމިޓީން ފާސްކުރި ރިޕޯޓް ހުށަހަޅުއްވަމުން އިލްޔާސް ފާހަގަކުރެއްވި ގޮތުގައި، ޕޮލްކޯ އަދި ސިފްކޯގެ ފްލެޓްތައް ވެސް ނިންމަން އޮތީ އެކަމަށް ހޮވޭ ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގައި އެކަން ކުރާ ގޮތަށެވެ. ނަމަވެސް އެ ފަރާތަށް ފައިސާ ހޯދޭ ގޮތް ނުވުމުން 2013ގައި ފިނޭންސުން ދެން މަސައްކަތް ކުރީ އިތުރު 2.5 ބިލިއަން ރުފިޔާގެ ލޯނެއް ހޯދައިދޭން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެ ލޯނު ނުލިބުމުން ކޮންޓްރެކްޓަރު ކުރާ ބިލްތަކަށް ފައިސާ ދެމުން ދިޔައީ ފިނޭންސުން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފައިސާ ފިނޭންސުން ދައްކައިދިނީ ޕޮލްކޯ އަދި ސިފްކޯ އިން ފަހުން ފިނޭންސަށް ފައިސާ ދައްކާ ގޮތަށް ލޯނެއްގެ ގޮތުގަ އެވެ.

އެސްއޯއީ ކޮމިޓީގެ މެންބަރުން ޕޮލްކޯ ފްލެޓްތައް ބައްލަވާލައްވަނީ: އެ މަޝްރޫއު ނުނިމި ނުވަ އަހަރު ވަނީ ވެފައި. (ފޮޓޯ/މަޖިލިސް)

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ޕޮލްކޯ އަދި ސިފްކޯގެ ފްލެޓްތައް ހަދަން ބަޔަކާ ހަވާލުކުރީ ވާދަވެރި ބީލަމަކަށް ނުގޮހެވެ. އަދި ހަވާލުކުރުމުގެ ކުރިން އެއީ އެފަދަ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލް ކުންފުންޏެއްތޯ ރަނގަޅަށް ބަލައި ޑިއު ޑިލިޖެންސް ހަދާފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ސިފައިންގެ ފްލެޓްތައް ހަދަން ހަވާލުކުރި އެޕެކްސް ކުންފުންޏަށް ސިފްކޯ އިން އެޑްވާންސަށް 200 މިލިއަނެއްހާ ރުފިޔާ ދިނީ ޕާފޯމަންސް ގެރެންޓީއެއް ނުނަގާ ކަމަށް ވެސް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އަދި އެ ކުންފުންޏަށް އެ މަސައްކަތް ނުވެގެން ދޫކޮށްލި އިރު އަނބުރާ ލިބެން ޖެހޭ 90 މިލިއަން ރުފިޔާ ހުރި ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެ ފައިސާ ހޯދަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރުމަށް ލަފާ ދިނުމަށް ވެސް ރިޕޯޓްގެ ނިންމުންތަކުގައި ކޮމިޓީން މިއަދު ފާސްކުރި އެވެ.

ފުލުހުންގެ ފްލެޓްތައް އެކި ފެންވަރުގައި

ފުލުހުންގެ ފްލެޓްތައް ހެދުމާ މިހާރު ހަވާލުވެފައި ވަނީ ހައުސިން މިނިސްޓްރީންނެވެ. އެ ފްލެޓްތައް ނިންމަން އަމިން ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމިޓީން މައްސަލަ ދިރާސާކުރިއިރު މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ އެކި ފްލެޓްތައް އެކި ފެންވަރުގައި ފްލެޓް ލިބުނު މީހުން އެދޭ ގޮތަކަށް ކަސްޓަމައިޒްކޮށްގެން ހަދަން ޖެހޭ ގޮތަށް އެ މަސައްކަތް ކުރަން ޖެހުމެވެ.

އިންސާފުން ބޭރުން ބާރުގައި ތިބި ބަޔަކު ވަކި ގޮތަށް ކަންތައްތަކެއް ކުރަން ކޮށްފައި އޮތް ކަމެއް ކަމަށް ތުހުމަތުވޭ މިކަން.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު

އިލްޔާސް ވިދާޅުވީ އެ މަޝްރޫއަކީ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާ މަޝްރޫއެއް ކަމުން އެ ގޮތަށް އެކަން ކުރާ ނަމަ މަޝްރޫއުގެ އަގު ބޮޑުވުމާއި ލަސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އެ ގޮތަށް މަސައްކަތް ކުރުމަށް މީގެ ކުރިން ގެނެސްފައިވާ ބައެއް މުދާ ގެއްލިފައިވުމުން މިހާރު އެފަދަ ތަކެތި ބާޒާރުން ހޯދުން އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ފާހަގަކުރެއްވި ގޮތުގައި، އެކި ފެންވަރުގައި އެކި ފްލެޓްތައް ހެދުމަކީ އިންސާފުން އެއްކިބާވުން ކަމުގައި ބެލެވިދާނެ އެވެ. އަދި މިފަދަ ހައުސިން މަޝްރޫއުތަކަކީ އެންމެންނަށް އެއް ހަމައަގުން ފްލެޓް ދޭގޮތަށް ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު މިއަދުގެ ކޮމިޓީ ޖަލްސާގައި: ރިޕޯޓުން ގިނަ މައްސަލަތަކެއް ފާހަގަވި. (ފޮޓޯ/މަޖިލިސް)

ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު އެކަމާ ގުޅިގެން ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މެންބަރު ހުސެއިން ވިދާޅުވީ މިގޮތަށް މަސައްކަތް ކުރާ ނަމަ ފްލެޓްތައް އަވަހަށް ނުނިންމޭނެ ކަމަށެވެ. އަދި މިއީ މިހާރު ވެސް ލަސްވެފައިވާ މަޝްރޫއެއް ނިންމަން ކަންކުރެވޭނެ ގޮތް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތަށް ކަންކުރުމަކީ ނާޖާއިޒު ގޮތުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް މެންބަރު ތުހުމަތުކުރެއްވި އެވެ.

"އިންސާފުން ބޭރުން ބާރުގައި ތިބި ބަޔަކު ވަކި ގޮތަށް ކަންތައްތަކެއް ކުރަން ކޮށްފައި އޮތް ކަމެއް ކަމަށް ތުހުމަތުވޭ މިކަން،" މެންބަރު ހުސެއިން ވިދާޅުވި އެވެ.

އެހެންވެ، ކޮމިޓީން ފާސްކުރީ ހުރިހާ ފްލެޓެއް ވެސް އެއް ފެންވަރެއްގައި ހެދުމަށް ލަފާދިނުމަށެވެ.

ދެން ރިޕޯޓްގައި ހިމަނަން ނިންމި ކަންތައްތަކީ:

  • ފްލެޓްތައް ނިމެންވާއިރަށް އެ ތަންތަނަށް ޔުޓިލިޓީ ހިދުމަތްތައް ލިބޭކަން ކަށަވަރުކުރުން

  • މާލިއްޔަތު ގާނޫނާ އެއްގޮތަށް ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުން

  • މަޝްރޫއުގައި އިހުމާލުވާ ފަރާތްތައް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން މުއައްސަސާތަކަށް އެންގުމަށް

ކޮމެންޓް (1)

ހިތަދޫ ހުސެން

22 ޖޫން 2022
ދުނިޔޭގެ އިގްތިސޯދުގެ ފުނޑިގެނެއްނޫން، މިގައުމު ފުނޑޭނީ ޓައި އަޅާ ބެގީޖަހައިގެން ހިނިއައިސް ތިބޭ ޖޯކަރުންގެ ކޮސްކަމުން، އަދި ހަމަ މިބުނިމީހުންގެ ނުބައި ނުލަފާ އަދި އަމިއްލައެދުމުގެ ސަބަބުން
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް