ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

މައި އެއާޕޯޓަށް ރެކޯޑް އަދަދަކަށް ފްލައިޓް ޖައްސައިފި

މީގެ ކުރިން ވީއައިއޭގައި އެއްދުވަހެއްގައި އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓް ހިނގި ކަމަށް ރެކޯޑު ކުރެވިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ޖެނުއަރީ ދެ ވަނަ ދުވަހު

އިއްޔެ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ގާއިމްވި ދުވަހެއް ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްއޭސީއެލް އިން ބުނީ އިއްޔެ ޖުމްލަ 839 މޫވްމަންޓް ވީއައިއޭގައި ހިނގާފައިވާ ކަމަށެވެ.

ވީއައިއޭގެ އެއާކުރާފްޓް މޫވްމަންޓް:

  • 210 ރަންވޭ މޫވްމަންޓް

  • 629 ސީޕްލޭން މޫވްމަންޓް

މީގެ ކުރިން ވީއައިއޭގައި އެއްދުވަހެއްގައި އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓް ހިނގި ކަމަށް ރެކޯޑު ކުރެވިފައި ވަނީ މިދިޔަ ޖެނުއަރީ 2ގަ އެވެ. އެ ދުވަހު 826 މޫވްމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.

ތަފްސީލް - ވީއައިއޭގެ އެއާޓްރެފިކް މޫވްމަންޓުގެ އާ ރެކޯޑެއް ގާއިމްކޮށްފައި ވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރެވެ، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 210،184 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 35 އެއާލައިނަކުން ދަތުރުކުރެ އެވެ.

އެނގުން މުހިއްމު - އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓުގެ ރެކޯޑު ވީއައިއޭ އިން އާކޮށްފައި ވާއިރު، އެއާޕޯޓު ބިޒީ ދުވަސްތަކުގައި ބޯޓުތައް ގިނައިރު މަތީގައި އޮންނަން ޖެހޭ ޝަކުވާއަށް ހައްލު ހޯދުމަށް އެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ އާ ރަންވޭ، ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް