ޑރ. އިލާންގޯ ސެތޫ: އޭނާއަކީ މަޝްހޫރު ގެސްޓްރޯ ސާޖަންއެއް

އިންޑިއާގެ މަޝްހޫރު ޔޫރޮލޮޖިސްޓް އަނެއްކާވެސް ދިކްލިނިކަށް

ދި ކްލިނިކް'ގައި އޭނާ ފަރުވާ ދެއްވާނީ މި މަހުގެ 17-18ގައި
11 ޖުލައި 2022

ގުރުދާ އާއި މައިދާގެ ގުނަވަންތަކަށް ހާއްސަ އިންޑިއާގެ އޮޕަރޭޝަން ޑޮކްޓަރު އިލާންގޯ ސެތޫ، އަނެއްކާވެސް ރާއްޖޭގެ 'ދި ކްލިނިކް'އަށް ޒިޔާރަތް ކުރައްވައި ފަރުވާ ދޭން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ޗެންނާއީގައި ހުންނަ މިއޯޓް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ މަޝްހޫރު ގެސްޓްރޯ ސާޖަން ޑރ. ސެތޫ ވަނީ މިދިޔަ މަހު ވެސް އެ ކްލިނިކްގައި ފަރުވާ ދެއްވައިފަ އެވެ.

'ދި ކްލިނިކު'ން ބުނީ މި މަހުގެ 17-18 ގައި ވެސް ޑޮކްޓަރު އެ ކްލިނިކްގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

ތަފްސީލް - ޑރ. ސެތޫ 'ދި ކްލިނިކް'ގައި ފަރުވާ ދެއްވާނެ ބަލިތަކުގެ ތެރޭގައި ހިމެނެނީ:

  • ކާއެއްޗެހި ދަތުރުކުރާ ހޮޅި އާއި ބަނޑާއި ގޮހޮރުގެ ކެންސަރު

  • ފުރަމޭ (ލިވާ)ގައި ސަރުބީ ހިފުމާއި ލިވާ ޓްރާންސްޕާންޓާއި ލިވާގެ ކެންސަރާއި ހެޕަޓައިޓިސް

  • ޕެންކްރިއޭސްގެ ބަލިތަކާއި ކެންސަރު

  • ކިޑްނީގައި ހިލަ އުފެދުމާއި ފިތް ނުވަތަ ގޯލްބްލެޑާ ކެންސަރު ފަދަ ބަލިތައް

  • ބައިލް ޑަކްޓް ކެންސަރާއި ބައިލް ޑަކްޓް ސްޓޯން އާއި އެ ގުނަވަނުގެ ސާޖަރީތަކުގައި އުފެދޭ ކޮމްޕްލިކޭޝަނަށް ފަރުވާ ދިނުން

  • ކިޑްނީ ޓްރާންސްޕްލާންޓް އަދި އެކަމާ ގުޅުން ހުރި އިތުރު ފަރުވާ ދިނުން

ބުނީ ކީކޭ؟ - މިއޯޓް އިންޓަނޭޝަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި، ޑރ. ސެތޫ އަކީ ގެސްޓްރޯއިންޓެސްޓައިނަލްގެ ބަލިތައް، ހާއްސަކޮށް ކެންސަރަށް ފަރުވާ ކުރުމުގައި ތަޖުރިބާކާރު ޑޮކްޓަރެކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި، ލިވާ އާއި ގޯލް ބްލެޑާގެ ބަލިތަކުގައި 10،000އަށް ވުރެ ގިނަ މީހުންނަށް އޭނާ ފަރުވާ ދެއްވާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ބަލިތަކަށް ފަރުވާ ހޯދަން ބޭނުން ނަމަ، ދި ކްލިނިކުން އެދެނީ އެ ތަނުގެ ނަމްބަރަށް ގުޅައި އަވަހަށް އެޕޮއިންޓްމަންޓް ހެއްދުމަށެވެ.

  • ގުޅޭނެ ނަމްބަރު: 3334888 ނުވަތަ 9477294

  • ޑޮކްޓަރަށް ދެއްކުމުގެ ފީ: 250ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް