ފަލަސްތީން އޮތޯރިޓީގެ ރައީސް މަހަމޫދު އައްބާސް

ފަލަސްތީން

ފަލަސްތީނުގެ ރައީސް އައްބާސްގެ ދައުރު އަދާކުރާނެ އާ ލީޑަރަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ފަލަސްތީނު މީހުން ވޯޓު ނުލާތާ ވަނީ 16 އަހަރުވެފަ އެވެ. ފަލަސްތީނަކީ ވަކި ދައުލަތެއް ކަމަށް އަދި ދެ ސްޓޭޓްގެ ހައްލާ ބެހޭ ގޮތުން އިޒުރޭލުން ފާޅުގައި ވަނީ ދެކޮޅު ހަދާފައި

ފަލަސްތީނުގެ މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ ބަދަލުގައި ދެން އެ މަގާމަށް ގެންނާނެ ބޭފުޅަކާ ބެހޭ ގޮތުން ޕެލަސްތައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ލީޑަރުން އިއްޔެ މަޝްވަރާކޮށްފި އެވެ.

އިޒުރޭލާއި ފަލަސްތީނުގެ މައްސަލަތަކުގައި ފަލަސްތީނުގެ ފަރާތުން ރަސްމީ ސިފައެއްގައި ވަކާލާތު ކުރާނެ އޮގަނައިޒޭޝަނެއްގެ ގޮތުގައި، 1964ގައި ޕީއެލްއޯ އުފެދުނީއްސުރެ ވެސް ބަލައިގަންނަމުން އަންނަނީ ޕީއެލްއޯ އެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލަތަކުގައި ވާހަކަ ދެއްކުމާ އަދި އެ މީހުންގެ ފަރާތުން ބަސް ބުނުމުގައި ޕީއެލްއޯއަށް ލިބިގެންވާ ހައިސިއްޔަތަކީ މިހާރު ކޮބައިތޯ ފަހަކަށް އައިސް ވަނީ ސުވާލު އުފެދި އެވެ. އެއީ އެ ޖަމާއަތުގެ އިންތިހާބެއް ނުބާވާތާ އެތައް ދުވަހެއް ވެ އަދި ލީޑަޝިޕުން ހުސްވާ މަގާމުތައް ފުރާނެ މީހަކު ނެތުމުންނެވެ.

ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި 124 މެންބަރުންގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ލީޑަޝިޕްގެ މަގާމުތަކުން ހުސްވެފައިވާ ގޮނޑިތަކަށް ހޮވާނީ ކޮން ބައެއްތޯ މަޝްވަރާކުރި އެވެ. އޭގެ ތެރޭގައި ކޮވިޑްގައި 2020ގައި އަވަހާރަވި ޗީފް ނެގޯޝިއޭޓަރު ސައަބެ އެރަކަތުގެ ބަދަލުގައި ހޮވާނެ ބޭފުޅަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.

ޕީއެލްއޯއާ އަދި އައްބާސްއާ ބެހޭ ގޮތުން ފަލަސްތީނު މީހުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެ އޮގައިނޭޝަންގެ ޗެއާމަން ވަނީ އެ ޖަމާއަތުގެ ވާތުފިޔައިގެ މީހުންނާ އެކު އިއްޔެގެ ބައްދަލުވުން ބޮއިކަޓްކޮށްފަ އެވެ. އަދި ހަޅުތާލުކުރާ ފަރާތްތަކުން ގޮވާލަނީ މަހްމޫދު އައްބާސް އިސްތިއުފާ ދެއްވުމަށެވެ. އޭގެ ތެރޭގައި އިޒުރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އުޅޭ މީހުންނާއި ގާޒާ ހިންގާ ހަމާސް ޖަމާއަތް ހިމެނެ އެވެ.

ޕީއެލްއޯގެ ބައްދަލުވުން އިއްޔެ ކުރިއަށް ދިޔަ އިރު ގާޒާ ސިޓީގައި ބަޔަކު މުޒާހަރާ ކުރަނީ: ފޮތިގަނޑުގައި ލިޔެފައި ވަނީ "ކައުންސިލް ގައި ތިމަންނަ ނުހިމެނޭ" ކަމަށް

ހުޅަނގު އައްސޭރީގައި ހުންނަ ބިރުޒެތު ޔުނިވަސީޓީގެ ޕޮލިޓިކަލް ސައިންސިސްޓް ގައްސާން ކާތިބު ވިދާޅުވީ އެންމެ ބޮޑު ސުވާލަކީ ޕީއެލްއޯގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައިތޯ ކަމަށެވެ. އެއީ އިންތިހާބެއް ނުބާއްވާތާ އެތައް ދުވަހެއް ވެފައި ވުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސްއަށް ކުރާ ތުހުމަތަކީ ޕީއެލްއޯގެ ބާރުތައް އަތަށް ނަންގަވައިގެން ހުންނަވާ ކަމުގެ ތުހުމަތެވެ. އަދި އާންމުންގެ ކޮންޓްރޯލް ބޮޑު ބައެއްގައި އޮންނަ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ކުރާ ފަރާތަކީ ޕީއެލްއޯ ކަމަށެވެ.

ކާތިބު ވިދާޅުވީ އިއްޔެގެ ބައްދަލުވުމަކީ ހަމައެކަނި މަހްމޫދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބޭއްވި ބައްދުވުމެއް ކަމަށެވެ. އަދި ނިންމުންތައް ވެސް ނިންމާފައި ވާނީ އެ މީހުން ހިތާވާ ގޮތަށް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކީ އިތުރަށް މައްސަލަތައް ފުޅާވުން ކަމަށެވެ.

ހުރި ފުރުސަތުތަކަކީ ކޮބާ؟

ފަލަސްތީނު މީހުން ވޯޓު ނުލާތާ ވަނީ 16 އަހަރުވެފަ އެވެ. ފަލަސްތީނަކީ ވަކި ދައުލަތެއް ކަމަށް އަދި ދެ ސްޓޭޓްގެ ހައްލާ ބެހޭ ގޮތުން އިޒުރޭލުން ފާޅުގައި ވަނީ ދެކޮޅު ހަދައިފަ އެވެ.

ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގައި ތަޅާފޮޅައި ހަމަނުޖެހުންތައް ކުރިއަށްދާ އިރު، އައްބާސް ގެންގުޅުއްވަނީ މުސްކުޅި އަދި ބޯދާ އުސޫލުތަކެވެ. އުމުރުން 80 އަހަރާއި 90 އަހަރުގެ ލީޑަރުން ކޮމެޓީގައި އިއްޔެ މަޝްވަރާކުރަމުން ދިޔަ އިރު ހަޅުތާލުތައް ދިޔައީ ރާމަﷲ އާއި ގާޒާގައި ބާރަށް ކުރިއަށެވެ.

ފައިސާގެ ނުފޫޒުތަކުގެ ތެރެއިން އެރަކަތުގެ ބަދަލުގައި، ޗީފް ނެގޯޝިއޭޓަރަކަށް ހަމަޖެއްސީ ހުސައިން އަލީ ޝައިހު އެވެ. އޭނާއަކީ ސިވިލް އެފެއާޒު މިނިސްޓަރު އަދި އިޒުރޭލާ އެކު މަޝްވަރާތައް ކުރިއަށް ގެންދަވާ ބޭފުޅާ ވެސްމެ އެވެ.

ފަލަސްތީން އޮތޯރިޓީގެ ސިވިލް އެފެއާޒު މިނިސްޓަރު ހުސައިން އަލީ ޝައިހު (ވ)މިސުރުގެ ފޮރިން މިނިސްޓަރާ އެކު --

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރައީސް އައްބާސްގެ މަގާމަށް ގެނައުމަށް އައްބާސް ތާއީދު ކުރައްވާނެ ބޭފުޅަކަށް ވާނީ ވެސް ޝައިހު ކަމަށެވެ. އިއްޔެގެ ބައްދަލުވުމުގައި އެގްޒެކެޓިވް ކޮމެޓީން ވަކިވެވަޑައިގަތް ހަނާ އަޝްރަވީގެ ބަދަލުގައި ބޭފުޅަކު ހަމަޖެއްސުން ވެސް ހިމެނެ އެވެ.

ހަމާސް ޖަމާއަތަކީ ޕީއެލްއޯގައި ހިމެނޭ ބައެއް ނޫނެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް