ޕެލަޖިކް ޑައިވާސްގެ ވެރިޔާ އަހުމަދު އިނާހު: މި ކޯސް ފަރުމާކޮށްފައިވަނީ އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް. (ފޮޓޯ/ޕެލަޖިކް ޑައިވާސް)

ޑައިވިން

ޓައިގާ ޝާކާ އެކު ރައްކާތެރިކޮށް ޑައިވްކުރަންް ޕަޑީގެ ކޯހެއް

މިއީ ޓައިގާ ޝާކާ އެކު ފީނަން ބޭނުންވާ ޑައިވަރުންނަށް ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު ފީނުމަށް ބޭނުންވާނެ ތަމްރީނު ދޭން ފަރުމާކޮށްފައިވާ ކޯހެއް

ޓައިގާ ޝާކާ އެކު ޒިންމާދާރުކޮށް ޑައިވްކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޑައިވިން ކޯހެއް، ޑައިވިން ދާއިރާގެ ބައިނަލްއަގުވާމީ ފަރާތެއް ކަމަށްވާ ޕަޑީއާ ގުޅިގެން ރާއްޖޭގައި ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭން ޓައިގާ ޝާކް އެންމެ ގިނައިން ފެންނަ ފުވައްމުލަކުގައި ހިންގާ ޕެލަޖިކް ޑައިވާސް އިން، ޕަޑީއާ ގުޅިގެން ތައާރަފުކުރި މި ކޯހަކީ ޓައިގާ ޝާކާ އެކު ފީނަން ބޭނުންވާ ޑައިވަރުންނަށް ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު ފީނުމަށް ބޭނުންވާނެ ތަމްރީނު ދޭން ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯސް ފަރުމާކޮށްފައިވަނީ ޕެލަޖިކް ޑައިވާސްގެ ވެރިޔާ އަހުމަދު އިނާހު، އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

ތަފްސީލް - މި ކޯސް ފަރުމާކޮށްފައިވަނީ، ފަށައިގަންނަ ޑައިވަރުންނަށާއި ތަޖުރިބާކާރު ޑައިވަރުންނަށް ވެސް ބައިވެރިވޭ ގޮތަށެވެ. އެގޮތުން:

  • މި ކޯހާ އެކު، ފުވައްމުލަކު ސަރަހައްދުން ފެންނަ ޓައިގާ ޝާކާ އެކު، އެ ތަކެއްޗަށާއި ވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާ އެކު ޑައިވް ކުރަން ތަމްރީނު ދޭނެ

  • މި ކޯހުގައި ހިމެނެނީ ޓައިގާ ޝާކާ އެކު ދެ ޓްރެއިނިން ޑައިވްގެ އިތުރުން ތިއަރީ އާއި ޓެސްޓެއް

  • މި ކޯހަކީ ޓައިގާ ޝާކާ އެކު ޑައިވްކުރާއިރު އެނގެން ޖެހޭ އާންމު ޕްރޮޓޮކޯލްތައް ދަސްކޮށްދޭނެ ކޯހެއް

  • ކޯސް ހިންގާނީ ޕެލަޖިކް ޑައިވާސްގައި 

އެނގުން މުހިއްމު - ފުވައްމުލަކަކީ ކަނޑުއަޑީގެ ދިރުންތަކުން މުއްސަނދި ސަރަހައްދެކެވެ. އެ ސަރަހައްދަށް ފީނައި ޓައިގާ ޝާކްތައް ބަލައިލަން ދުނިޔޭގެ އެކި ސަރަހައްދުތަކުން ފުވައްމުލަކަށް މީހުން ދެ އެވެ.

ޕެލަޖޖިކް ޑައިވާސް:

  • ފުވައްމުލަކުގައި ހިންގާ ޕަޑީ ފައިސް ސްޓާ ޑައިވް ސެންޓަރެއް 

  • އެ ތަނުގެ ވެރިޔާ އިނާހުގެ އިތުރުން ތަޖުރިބާކާރު ދިވެހި ޑައިވަރުން އެ ސެންޓަރުގައި މަސައްކަތް ކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް