Majlis 2024

ޓެނިސް ކުޅުންތެރިޔާ ނައޮމި އޮސާކާގެ މެޗެއްގެ ތެރެއިން: ނަފުސާނީ މައްސަލަތައް ހުރިކަން ގަބޫލުކޮށް އެކަމާ ކުރިމަތިލުމުގެ ހިތްވަރު ދެއްކި

ޓެނިސް

އަނިޔާގެ ސަބަބުން ނައޯމީ ވިމްބަލްޑަން އިން ވަކިވެއްޖެ

އަނިޔާގެ ސަބަބުން ޖަޕާނުގެ ނައޯމީ އޮސާކާ، ވިމްބަލްޑަން ޓެނިސް މުބާރާތުން ވަކިވެއްޖެ އެވެ.

މި މަހުގެ 27 ގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތުގައި ކުޅުމުގެ ފުރުސަތު ޒުވާން ކުޅުންތެރިޔާ އަށް ގެއްލުނީ އަކިލިސް ޓެންޑަން އަށް ދިމާވި މައްސައަކާ ގުޅިގެންނެވެ.

ނައޯމީ ވަނީ ވިމްބަލްޑަންގެ ރޭންކިން ޕޮއިންޓް މިހާރު ދަށްކޮށްފައިވާތީ އެ މުބާރާތުގައި ކުޅުމާ މެދު ގޮތެއް ނުނިންމާ ކަމަށް ކުރިން ބުނެފަ އެވެ.

ރަޝިއާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ވިމްބަލްޑަން އިން ވަނީ ރަޝިއާ ކުޅުންތެރިން އަދި އެކަމަށް ބެލަރޫސް އިން ތާއީދުކުރާތީ އެ ގައުމުގެ ކުޅުންތެރިންނަށް ބައިވެރިނުވެވޭ ގޮތް ހަދައިފަ އެވެ.

އެއާ އެކު ޑަބްލިއުޓީއޭ އާއި އޭޓީޕީ އިން ވިމްބަލްޑަންގެ ރޭންކިން ޕޮއިންޓް މަދުކުރީ އެވެ.

އެކަމަކު ވިމްބަލްޑަންގެ ލިސްޓު ނެރުނު އިރު ނައޯމީގެ ނަން އޮތުމުން ބެލެވެނީ އޭނާ ކުޅެން ނިންމީ ކަމަށެވެ. އެހެންވިޔަސް އަނިޔާގެ ސަބަބުން ކުޅެވޭ ގޮތް ނުވީ އެވެ.

އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު އަދި ޔޫއެސް އޯޕަން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އަށް ނަފްސާނީ މައްސަލަތައް ވެސް ވަނީ ދިމާވެފަ އެވެ. އެގޮތުން ނަފުސާނީ ސިއްހަތު ސަލާމަތްކުރުމަށް މިދިޔަ އަހަރު ބްރޭކްތައް ނެގުމުގެ ސަބަބުން މުބާރާތްތައް ގެއްލި ރޭންކިންގައި ވަނީ ދަށަށް ގޮސްފަ އެވެ. މިހާރު އެއީ ސިންގަލްސްގައި ދުނިޔޭގެ 24 ވަނަ އެވެ. އޭނާ ވަނީ 2019، ޖެނުއަރީގައި ދުނިޔޭގެ އެއް ވަނަ އަށް އަރައިފަ އެވެ.

މި ފަހަރުގެ ވިމްބަލްޑަން އިން އެންމެ ފަހުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަން ސްޕެއިނުގެ ރަފައެލް ނަޑާލް ފެނިދާނެ ކަމާ މެދު ވެސް ސުވާލު ވަނީ އުފެދިފަ އެވެ. އޭނާގެ ފަޔަށް ތަދުވާތީ ފްރެންޗް އޯޕަން ކުޅުނީ އިންޖެކްޝަން ޖަހައިގެންނެވެ. އެކަމަކު އެކަމަށް ލުއި ލިބޭ އެހެން ފަރުވާއެއް ހޯދާފައިވާތީ ފެނުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް