ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އަބްދުލްގަފޫރު ހަމަޖެއްސެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެމެރިކާއަށް ހާއްސަ ފުރަތަމަ ދިވެހި ސަފީރަކަށް ގަފޫރު އައްޔަނުކޮށްފި

މީގެ ކުރިން ރާއްޖޭން އެމެރިކާއަށް ހާއްސަކޮށް ވަކިން ސަފީރަކު ކަނޑައަޅާފައެއް ނުވޭ
15 ސެޕްޓެމްބަރު 2022

އެމެރިކާއަށް ހާއްސަ ފުރަތަމަ ދިވެހި ސަފީރުގެ މަގާމަށް ކުރީގެ ފޮރިން ސެެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަނުކުރައްވައި އޭނާއާ މަގާމުގެ ލިޔުން ހަވާލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ގަފޫރު އެމެރިކާގެ ސަފީރު ކަމަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 18ގައި ރުހުން ދީފަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ސަފީރުކަމުގެ ލިޔުން ގަފޫރާ ހަވާލުކުރައްވާފަ އެވެ.

ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ލްގަފޫރު ހަމަޖެއްސެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - މީގެ ކުރިން ރާއްޖޭން އެމެރިކާއަށް ހާއްސަކޮށް ވަކިން ސަފީރަކު ކަނޑައަޅާފައެއް ނުވެ އެވެ. އެ މަގާމު ފުރުއްވާފައި ވަނީ، ރާއްޖޭން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުންނެވެ. އދ.ގެ ދާއިމީ މަންދޫބެއްގެ ގޮތުގައި މިހާރު ހުންނެވީ ތިލްމީޒާ ހުސެއިން އެވެ. އަބްދުލްގަފޫރު ސަފީރަކަށް އައްޔަނުކުރުމާ އެކު އޭނާ އަކީ އެ ގައުމަށް ހާއްސަކޮށް އައްޔަނުކުރި ފުރަތަމަ ސަފީރެވެ.

ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ގަފޫރު ހަމަޖެއްސެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އަބްދުލްގަފޫރު:

  • އައްޑިހައިގެ އަހަރުތަކުން ފެށިގެން ފޮރިން މިނިސްޓްރީގެ ގިނަ މަގާމުތަކެއް ފުރުއްވި

  • އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަން ކުރެއްވި

  • ސްރީ ލަންކާ އަދި މެލޭޝިއާގެ ސަފީރުކަން ވެސް ކުރައްވާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް