Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ، 3 ފެބުރުއަރީ 2022 (ފޮޓޯ/ ރައީސް އޮފީސް)

އޮޕަރޭޝަނަށް ފަހު ރައީސް މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފި

ރައީސް ސޯލިހު އަލުން އެމަނިކުފާނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައިރޮޑްގެ އޮޕަރޭޝަނެއް ކުރުމަށް ހޭނައްތާތީ، ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމަށްފަހު، އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މިއަދު ހެނދުނު ސާޖަރީ ފުރިހަމަ ކުރެއްވި އިރު، ސާޖަރީ ކާމިޔާބު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރައީސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެންނެވި އިރު، މިއީ ނައިބު ރައީސަކު ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެ ވަޑައިގަތުމަށް ހުވާ ކުރެއްވީ މިއަދު ހެނދުނު 5:50ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިއީ ނައިބު ރައީސަކު ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ ބަސް - ރައީސް ސޯލިހު އަލުން އެމަނިކުފާނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށް ފަހު ހެނދުނު 9:30 ގައި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް