Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރާނީ އެލިޒަބަތު 13 މާޗް 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން.

ރާނީގެ ދަތުރުފުޅު: ރާއްޖެ-އިނގިރޭސިވިލާތުގެ ގުޅުން ބަދަހިވި

10 ސެޕްޓެމްބަރު 2022
1
އިނގިރޭސި ރާނީ ރާއްޖެ ވަޑައިގަތީ ރާއްޖެއަށް މިނިވަންކަން ލިބި، ރަސްކަމަކުން 1968ގައި ޖުމްހޫރީ ވެރިކަމަށް ބަދަލުވެ، އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި؛ ރާނީގެ ދަތުރުފުޅުން އެނގެނީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ރަނގަޅުވަމުން ގޮސްފައިވާކަން.

މީގެ 50 އަހަރު ކުރިން އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ލިބުނު ފުރުސަތެކެވެ. އޭގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު ދެ ގައުމުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ.

ދެ ގައުމުގެ ގުޅުން 1960ގެ ކުރީކޮޅު ގޯސްވީ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވާން ކުރި މަސައްކަތުގައި އިނގިރޭސި ސަރުކާރުގެ ނުފޫޒާއި އެހީ ލިބުނު ކަމަށް ތުހުމަތުކުރެވޭތީ އެވެ. ދޫނިދޫގައި ހުންނެވި އިނގިރޭސި މަންދޫބު އާތިންޓަން-ޑޭވީއާ ދެކޮޅަށް އެތަކެއް މުޒާހަރާތަކެއް، ދިވެހި ސަރުކާރުގެ ތާއީދާ އެކު، ބާއްވާފައިވެ އެވެ.

މަތީގައި އެވާ ހަބަރުތަކަކީ 1960ގެ ކުރީކޮޅު ނިއު ޔޯކް ޓައިމްސްގައި ޖަހާފައިވާ ހަބަރުތަކެއް. މި ހަބަރުތަކުން ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން އެ ދުވަސްވަރު ވަރަށް ގޯސްކަން ދައްކައިދޭ.

ދެކުނުގެ ބަގާވާތާ ގުޅިގެން ދިވެހި ސަރުކާރުން، ބޮޑުވަޒީރު އިބްރާހިމް ނާސިރު އިސްވެ ހުންނަވައިގެން، މަސައްކަތް ކުރީ އިނގިރޭސީންގެ ފަރާތުން ފުރިހަމަ މިނިވަންކަން ހޯދުމަށެވެ. ނަތީޖާއެއްގެ ގޮތުން 26 ޖުލައި 1965ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުން ރާއްޖެއަށް މިނިވަންކަން ލިބިގެންދިޔަ އެވެ. ހަމަ މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގެ އަސްކަރީ ބޭނުމަށް އައްޑު އަތޮޅު ގަން ލިބޭ ގޮތަށް ވެސް މަގުފަހިވެގެން ދިޔަ އެވެ. 

އިނގިރޭސި ރާނީ ރާއްޖެ ވަޑައިގަތީ ރާއްޖެއަށް މިނިވަންކަން ލިބި، ރަސްކަމަކުން 1968ގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ، އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގަ އެވެ. ރާނީގެ ދަތުރުފުޅުން އެނގެނީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ރަނގަޅުވަމުން ގޮސްފައިވާކަމެވެ. 1960ގެ ކުރީކޮޅުގެ ހަމަނުޖެހުމާއި ނުތަނަވަސްކަން މާޒީގެ ތެރެއަށް ގޮސްފައިވާ ކަމެވެ.

ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ފޮޓޯތައް.

ރާނީ ރާއްޖެ ވަޑައިގަތީ ދެކުނު އިރުމަތީ އޭޝިއާ އަދި އެފްރިކާގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގަ އެވެ.

  • ރާއްޖެ ވަޑައިގަތީ 13 މާޗު (ހޯމަ) 1972ގައި ކަނޑުމަގުން ރޯޔަލް ޔޮޓް ބްރިޓޭނިއާގައި

ރާނީ އާއި ފިރިކަލުން ޑިއުކު އޮފް އެޑިންބަރާ މާލެއަށް ފައިބާވަޑައިގަތުމުން ސަރުކާރުގެ ވެރިންނާއި އާންމުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. ރާނީގެ ޝަރަފުގައި އިންތިޒާމް ކޮށްފައިވާ އެކި ހަރަކާތްތައް އެ ކަމަނާ ބައްލަވާލެއްވި އެވެ.

ބައެއް ހަރަކާތްތައް ހެންވޭރު ބޯޅަ ދަނޑު ފަދަ ތަންތަނުގައި އޮތެވެ. މަސް ކަނޑާ އަދި ކައްކާ ގޮތާއި ދޯނިފަހަރު ބަނުމުގެ ހުނަރު ފަދަ ރާއްޖޭގެ އެކި މަސައްކަތްތެރިކަން ދައްކުވައިދިނުން ވެސް އޮތެވެ.

ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ފޮޓޯތައް.
ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ފޮޓޯތައް.
ރާނީ އެލިޒަބަތު 13 މާޗް 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވަނީ.
ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މުލީއާގޭގައި ސަގާފީ ކުޅިވަރެއް ބައްލަވައިލައްވަނީ: އެ ކަމަނާގެ ވައަތްފަރާތުގައި ރައީސް އިބްރާހިމް ނާސިރު.

ރާނީގެ އިތުރުން އެހެން ބައެއް ބޭފުޅުންނަށް ވެސް އެކި ދަރަޖައިގެ ލަގަބު ދިވެހި ސަރުކާރުން ވަނީ އަރުވާފައި. އެއީ:

  • 1-

    ޑިއުކް އޮފް އެޑިންބަރާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން

  • 2-

    އާލް މައުންޓްބެޓްންއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން

  • 3-

    ރާނީގެ ޕްރަައިވެޓް ސެކްރެޓަރީ ސާ މަޓިން ޗެޓްރިސްއަށް ނިޝާން ޝަހީދު އަލީގެ އިއްޒަތްތެރި ވެރިކަން

  • 4-

    ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އިނގިރޭސި ސަފީރު މެކިންޓޯޝްއަށް ނިޝާން ޝަހީދު އަލީގެ އިއްޒަތްތެރި ވެރިކަން

  • 5-

    ރާނީގެ އެސިސްޓެންޓް ޕްރައިވެޓް ސެކްރެޓަރީ ފިލިޕް މުއާއަށް އަސްކަރީ މެޑެލްގެ ވެރިކަން

ރާނީ އެލިޒަބަތު 13 މާޗް 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް ނާސިރާ ހަދިޔާ ބަދަލުކުރައްވަނީ.
ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން.
ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނާދީއަށް ވަޑައިގަންނަވަނީ.
ރާނީ އެލިޒަބަތަށް މަރުހަބާދެންނެވުމަށް މާލޭގައި ހަދާފައިވާ ގިޑިގެއެއް.
ރާނީ އެލިޒަބަތަށް މަރުހަބާދެންނެވުމަށް މާލޭގައި ހަދާފައިވާ ގިޑިގެއެއް.
ރާނީ އެލިޒަބަތު 13 މާޗު 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކާރުގައި ވަޑައިގަންނަވަނީ.
ކްއީން އެލިޒަބަތް 13 މާޗް 1972ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެތެރެއިން

މާލެއިން ރާނީ ވަޑައިގަތީ އިނގިރޭސިންގެ ރޯޔަލް އެއާފޯސް މަރުކަޒު ހިންގަމުންދިޔަ އައްޑު އަތޮޅު ގަމަށެވެ. ގަމަށް ފައިބައިވަޑައިގަތީ 15 މާޗްވީ ބުދަދުވަހު މެނދުރު 12:15ގައެވެ. ގަމުގައި ވެސް ރާނީއަށް މަރުހަބާދެންނެވުމަށް އެކި ހަރަކާތްތައް އިންތިޒާމްކޮށްފައިވެ އެވެ. މިއިން ބައެއް ހަރަކާތްތަކުގައި އެ އަތޮޅުގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

އިނގިރޭސި ރާނީ 15 މާޗް 1972ގައި ގަމަށްކުރެއްވި ދަތުރުފުޅުގެ އައިޓެނަރަރީގެ ބައެއް
ރާނީ އެލިޒަބަތު އައްޑު އަތޮޅު ގަމުގައި ދިވެހިންނާ ބައްދަލުކުރައްވަނީ.
ރާނީ އެލިޒަބަތު އައްޑު އަތޮޅު ގަމުގައި ދިވެހިންނާ ބައްދަލުކުރައްވަނީ.

ކޮމެންޓް (1)

އައްސަލާމު

10 ސެޕްޓެމްބަރު 2022
ނައިސް ފޮޓޯސް އެންޑް އިންފޯ..... ތެންކްސް ޢަލީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް