މީގެ ކުރިން އުރީދޫން ބޭއްވި 'ކަލަ ރަން'ގެ ތެރެއިން. (ފައިލް ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫ ފަން ރަންގައި މި މަހު 15ގެ ނިޔަލަށް ބައިވެރިވެވޭނެ

އުރީދޫ ފަން ރަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 23ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި
2 ނޮވެމްބަރު 2022

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫން ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި 'ކަލަ ރަން' ރީބްރޭންޑުކޮށް، 'ފަން ރަން'އަށް ބަދަލުކުރުމަށް ފަހު ބާއްވާ ފުރަތަމަ ދުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 23ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15ގެ ނިޔަލަށް ވަނީ ހުޅުލާވާފަ އެވެ.

ތަފްސީލް - އުމުރުން 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ، މަޖާ ދުވުމެކެވެ. އެގޮތުން:

  • އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން 

  • އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ

  • މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ 

އުރީދޫ ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. އެގޮތުން:

  • ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭނެ؛ އަގަކީ 100ރ. 

  • ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނޭނެ؛ އަގަކީ 200ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް