މި އަހަރުގެ ރޯދަ މަސް ފެށުނު ދުވަހަކީ މި މަހުގެ 2 ކަމަށް ކަނޑައެޅި ގަރާރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރައްވަނީ: ފިތުރު އީދަކީ އަންނަ ހޯމަ ދުވަސް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ފިތުރު އީދަކީ ހޯމަ ދުވަސް ކަމަށް ކަނޑައަޅައިފި

މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް

ރާއްޖެއަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ، ކަލަންޑަރުގައިވާ ގޮތަށް އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެއަކު ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ހަނދާ ބެހޭ ބަޔާން އިއްވަވާފަ އެވެ. އެ ބަޔާނުގައިވާ ގޮތުން، މާދަމާ އަކީ ރޯދަ މަހުގެ 30 ވަނަ ދުވަހެވެ.

ތަފްސީލް - ހަނދާ ބެހޭ ބަޔާނުގައިވާ ގޮތުން، އީދަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ:

  • މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ

  • މިއަދުގެ އިރުއޮއްސުމަށް ފަހު ރާއްޖެ އާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ

ބުނީ ކީކޭ؟ - މިނިސްޓަރު ޒާހިރުގެ ބަޔާނުގައި ވަނީ ފިތުރު އީދުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހުރިހާ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.

"މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލުކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި" ހަނދާ ބެހޭ ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުތައް މަތީ ދެމިތިބުމުގެ ތައުފީގު އަޅަމެންނަށް ދެއްވާށި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް