މ. މުލީގެ ސާފް ބްރޭކް (ފޮޓޯ/ސާފް އެޓޯލް)

ޓޫރިޒަމް

ބޯހުރާގައި ރިސޯޓް ތަރައްގީ ކުރަން ދެނީ ސާފް ޕޮއިންޓް ނުހިމަނާ: ޓޫރިޒަމް

ސާފްޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމެންޓް ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ބުނި

މ. މުއްޔާ އިންވެގެން އޮންނަ ބޯހުރާގައި ރިސޯޓެއް ތަރަައްގީ ކުރާނީ އެ ސަރަހައްދުގައި އޮންނަ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ރާޅާއަޅާ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ މ. ބޯހުރާ ހިމެނޭ ގޮތަށް 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ބިޑު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހެވެ. އެއާ އެކު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމިއްޔާތަކުންނާއި އެ ސަރަހައްދުގައި ރާޅާއަޅާ މީހުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބުނީ ކީކޭ؟ - ބޯހުރާގައި ރިސޯޓެއް ތަރައްގީކުރަން ހުޅުވާލުމުން ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެން ޓޫރިޒަމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ: 

  • ރިސޯޓު ތަރައްގީކުރާއިރު، ބޯހުރާ ކައިރީގައި އޮންނަ ސާފްޕޮއިންޓް ނުހިމެނޭ ގޮތަށް 

  • އެ ރަަށުގައި ރިސޯޓު ތަރައްގީކުރިޔަސް، އާއްމުންނަށާއި ފަތުރުވެރިންނަށް އެ ސާފްޕޮއިންޓް ބޭނުން ކުރެވޭ ގޮތަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް އަންނަނީ އެކުލަވާލަމުން 

  • މިފަދަ ސާފްޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމެންޓް ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ބުނި 

އިތުރަށް ބުނީ - މިނިސްޓްރީން ބުނި ގޮތުގައ ބޯހުރާ ޓޫރިޒަމަށް ދޫކުރާއިރު އެ ރަށް ހިއްކައިގެން ތަރައްގީ ކުރުމުގެ ހުއްދައެއް ނުދޭނެ އެވެ. އަދި ރިސޯޓަށް އަރާ ފޭބުމުގެ އިންތިޒާމް ހަމަޖައްސާނީ މުލީ ކައުންސިލާއި އެކު ހަދާ އެއްވަސްވުމެއްގެ ދަށުން، އެ ރަށު ބަނދަރުންކަމަށް ވެސް ބުނެފައިވެ އެވެ.

އެނގުން މުހިއްމު - ޓޫރިސްޓް ރިސޯޓާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނަނީ:

  • ރިސޯޓުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާފިން ސަރަހައްދުތަކާ މި ނޫންވެސް ޓޫރިސްޓު އެޓްރެކްޝަންސްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތައް ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށް ކަމަށް 

  • މިގޮތަށް ކަނޑައެޅޭ ސަރަހައްދުތައް މިނިސްޓްރީން އާއްމުކޮށް އިއުލާންކުރާނެ

އެނގުން މުހިއްމު - ބޯހުރާގައި ރިސޯޓެއް ތަރައްގީކޮށްފިނަމަ، ސާފްޕޮއިންޓް ގެއްލިދާނެކަމުގެ ކަންބޮޑުވުންފާޅުކޮށް އިއްޔެ 'ދައުރު' އާ ވާހަކަދައްކަމުން މުލީގައި ރާޅާއަޅާ އުޅޭ ފަރާތެއް ކަމަށްވާ ޝިފާއު ރައޫފް ބުނީ އެތަނުގައި އެފަދަ މަސައްކަތްތަކެއް ކޮށްފިނަމަ، ސާފް ޕޮއިންޓުގައި އުފެދޭ ރާޅުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ މުލީގެ އެތައް ބަޔަކާއި އެ ސަރަހައްދަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާއިރު، އެ ސާފް ޕޮއިންޓް ގެއްލުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

ކޮމެންޓް (1)

ހިތަދޫ ހުސެން

26 ޖެނުއަރީ 2023
1 އަހަރު ފަހުން އިންވެސްޓްމަންޓް ކަވަރު ނުވެގެނ ދޭނެ! އިނގޭ ތި ގޭމް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް