Majlis 2024

ރަތުމަލާނަ އެއާޕޯޓު، 55 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ހުޅުވާލުން، މޯލްޑިވިއަނުން ވަނީ އެ އެއާޕޯޓަށް ދަތުރުތައް ފަށާފަ

މޯލްޑިވިއަން

ލަންކާއަށް ފްލައިޓްތައް ނުބާއްވަން މޯލްޑިވިއަންއިން ނިންމައިފި

މޯލްޑިވިއަންގެ ލަންކާ ދަތުރުތަކަށް މާބޮޑު ތަރުހީބެއް ނުލިބުނު
27 އޭޕްރީލު 2022

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ކުރަން ނިންމި ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލިކަން އެ އެއާލައިނުން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ -  ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމުގެ ގޮތުން މިދިޔަ މާޗް މަހުގެ ފަހުކޮޅު ވަނީ ހާއްސަ ފްލައިޓެއް ވެސް ބާއްވައިފަ އެވެ. ނަމަވެސް އެ ފްލައިޓްގެ ފަހުން މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ނުކުރާތީ އެ ގައުމުގެ ނޫސްތަކުން ވަނީ ތަރުހީބު ކުޑަވުމުގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލި ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް މޯލްޑިވިއަންއިން އޭރު އެކަން ދޮގުކޮށް ބުނެފައި ވަނީ: 

  • އީދު ދުވަސް، މޭ 2 އިން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް

  • ރޯދަ މަހު ފްލައިޓްތައް ނުބޭއްވުމަށް ނިންމީ ދަތުރުކުރާ ފަރާތްތައް މަދުވާނެތީ

  • ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެ؛ އެއީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު 

ބުނީ ކީކޭ؟ - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން(އައިއޭއެސް)އިން މިއަދު ބަޔާނެއް ނެރެ ބުނެފައި ވަނީ ރަތުމަލާނަ އެއާޕޯޓަށް ފަށަން ނިންމާފައިވާ ދަތުރުތައް މިވަގުތަށް މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ލަންކާގެ އިގްތިސާދީ ހާލަތު މިވަގުތު އޮތް ގޮތުގެ ސަބަބުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ. އަދި ބުނީ ލަންކާގެ ހާލަތު ބެލުމަށް ފަހު ދަތުރުތައް ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އެނގުން މުހިންމު - ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ކުރަން ނިންމީ އެ އެއާލައިނުން ދުއްވާ ޑޭޝް-8 މަރުކާގެ 50 ގޮނޑީގެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

މޯލްޑިވިއަންގެ ރަތުމަލާނަ ދަތުރުތައް:

  •  ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެ؛ އެއީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

  • އިކޮނޮމީ ޕްރޮމޯ ފެއާގައި ދެކޮޅު ޓިކެޓް 3،312ރ.އަށް؛ އިކޮނޮމީ ފްލެކްސް ފެއާގައި ދެކޮޅު ޓިކެޓް 3،988ރ.އަށް

  • ލަންކާގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރީ ރަތުމަލާނަ އެއާޕޯޓް؛ އެ އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް ފެށީ 55 އަހަރު ފަހުން

  • އެންމެ ފުރަތަމަ ޖެއްސި ބައިނަލްއަގުވާމީ ފްލައިޓަކީ މޯލްޑިވިއަން 

  • އެއާޕޯޓް އޮންނަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ރަތުމަލާނަ ކައިރި ހިސާބެއްގައި

  • އެ ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުން ކުރަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް