Majlis 2024

ވިލިމާލޭގެ ޑަބްލިއުޑީސީ ގޮނޑީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ: ވަގުތީ ނަތީޖާގައި އެއް ވޯޓުން ޕީޕީއެމް އޮތީ ކުރީގައި. (ފޮޓޯ/އިލެކްޝަންސް ކޮމިޝަން)

ވިލިމާލޭ ޑަބްލިއުޑީސީ ބައި-އިލެކްޝަންގައި 1 ވޯޓުގެ ތަފާތުން ޕީޕީއެމް ކުރީގައި

ވިލިމާލޭ ދާއިރާގެ ޑަބްލިއުޑީސީ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ހުޅުމާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މަރުވުމުން

މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ވިލިމާލޭ ދާއިރާގެ ގޮނޑި ހުސްވެފައިވާތީ މިއަދު ބޭއްވި ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާގައި ޕީޕީއެމްއަށް އެއް ވޯޓުގެ ތަފާތުން ކުރި ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - 17 މެމްބަރުން ތިއްބަވާ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ވިލިމާލޭ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވީ އެމްއެންޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެގޮތުން:

  • އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވީ އައިމިނަތު ޝީޒާ 

  • ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ

ތަފްސީލް - އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތް:

  • ޝީޒާ (އެމްއެންޕީ): 358

  • ނާޒިމާ (ޕީޕީއެމް): 359

މި އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.

އެނގުން މުހިންމު - ވިލިމާލޭ ދާއިރާގެ ޑަބްލިއުޑީސީ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ހުޅުމާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މަރުވުމުންނެވެ. އޭނާ އަކީ އޭރު ކޮމިޓީގެ ނައިބު ރައީސެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް ކުރިމަތިލައްވަން މަސައްކަތް ކުރެއްވި ނަމަވެސް، ވަގުތު ހަމަވި ފަހުން ލިޔުންތަކެއް ހުށަހެޅުއްވުމުން އޭނާގެ ކެންޑިޑެސީ ބަލައިގެންފައެއް ނުވެ އެވެ.

މާލޭގެ ޑަބްލިއުޑީސީގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީގަ އެވެ. އެ ކޮމިޓީގައި އެމްޑީޕީގެ 12 މެމްބަރުން ތިއްބަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް