Majlis 2024

އިސްލާމިކް މިނިސްޓްރީން ޒަކާތަށް ފައިސާ ނަގަނީ. ޒަކާތުގެ ފައިސާ ބަހާލެވެނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބޭ ފަރާތްތަކުގެ މެދުގައި (ފައިލް ފޮޓޯ)

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި

ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖެނުއަރީގެ 19އާއި ހަމައަށް
17 ޑިސެމްބަރު 2022

އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސަރަހައްދުން އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތަފްސީލް - އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅޭނީ:

  • 22 ޑިސެމްބަރުން ފެށިގެން ޖެނުއަރީ 19ގެ ނިޔަލަށް

  • ރަސްމީ ކޮންމެ ބަންދު ނޫން ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރު ފަހު 12 އަށް ފޯމު ލެވޭނެ

  • ފޯމު ލިބެން ހުންނާނީ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން އަދި ވެބްސައިޓް މެދުވެރިކޮށް

  • ފޯމު ބަލައިގަންނާނީ މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތަކުން

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި:

  • 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކުން އަލަށް ރަޖިސްޓްރީ ވާން ފޯމު ހުށަހަޅާކަށް ނުޖެހޭނެ؛ އެމީހުންގެ ނަން މިހާރުވެސް ދަފްތަރުގައި ހިމެނޭ

  • ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އާއިލާގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހުން ތިބި ނަމަ އެ އާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެ

އެނގުން މުހިއްމު - މި އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން މާޗު މަހު ބުނެފައިވެ އެވެ. މިއީ، މިދިޔަ އަހަރު މި ދަފްތަރުގައި ހިމެނުނު 11،514 މީހުންނަށް ވުރެ މަދު އަދަދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް