Majlis 2024

'ހިކިފަސް ޕްރޯ' އިން ވަނަތަކަށް ދިޔަ ފަރާތްތައް. (ފޮޓޯ/އާރުއޭއެމް)

'ހިކިފަސް ޕްރޯ' ނިންމާލައި ވަނަތަކަށް ދިޔަ ދުއްވުންތެރިންނާ ޓްރޮފީ ހަވާލުކޮށްފި

މުބާރާތް ކުރިއަށް ގެންދިއުމަށް ފުލުހުންނާއި މަކުނުދޫ ކައުންސިލުން ދިން އެއްބާރުލުން އާރުއޭއެމް ފާހަގަކުރި
5 ނޮވެމްބަރު 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވަލުތެރޭގެ ސައިކަލް ރޭސް، 'ހިކިފަސް ޕްރޯ' ނިންމާލައި އެ ރޭހުން ވަނަތަކަށް ދިޔަ ދުއްވުންތެރިންނާ އިއްޔެ ޓްރޮފީ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރުއޭއެމް) އިން ހދ. މަކުނުދޫގައި އިއްޔެ ބޭއްވި ރޭހުގައި ދުއްވުންތެރިން ވަނީ އެ ރަށުގެ ވަލުތެރޭގައި އޮތް ހަނި މަގެއްގައި އެ މީހުންގެ ހުނަރު ދައްކާލާފަ އެވެ.

ތަފްސީލް - އެ މުބާރާތުން ވަނަ ހާސިލުކުރީ: 

  • އެއް ވަނަ - އަހުމަދު އަމީޒް އަބްދުﷲ (3.30.46 މިނެޓު)

  • ދެ ވަނަ - ޖެފްރީ ލައުފެންތޭ (3.34.35 މިނެޓު)

  • ތިން ވަނަ - އަހުމަދު ޝިފާޒް (3.38.12 މިނެޓު)

  • ހިކިފަސް ޕްރޯ އިން ދެ ވަނައަށް ދިޔަ ޖެފްރީ ލައުފެންތޭ. (ފޮޓޯ/އާރުއޭއެމް)
  • ހިކިފަސް ޕްރޯ އިން އެއް ވަނަ ހާސިލުކުރި އަހުމަދު އަމީޒް އަބްދުﷲ. (ފޮޓޯ/އާރުއޭއެމް)
  • ހިކިފަސް ޕްރޯ އިން ތިން ވަނައަށް ދިޔަ އަހުމަދު ޝިފާޒް.(ފޮޓޯ/އާރުއޭއެމް)

މި މުބާރާތުގައި ފަސް ޓީމަކުން، 17 ދުއްވުންތެރިން ބައިވެރިވިއެވެ. އެއީ:

  • މާލޭން ހަތް މީހުން

  • މަކުނުދޫން ފަސް މީހުން

  • އެހެން ރަށްރަށުން ފަސް މީހުން

'ހިކިފަސް ޕްރޯ' ނިންމާލުމަށް ފަހު ވަނަތަކަށް ދިޔަ ފަރާތްތަކާ ޓްރޮފީ ހަވާލުކުރި ހަފްލާގެ ތެރެއިން. (ފޮޓޯ/ އާރުއޭއެމް)

މުބާރާތް ކުރިއަށް ގެންދިއުމަށް ފުލުހުންނާއި މަކުނުދޫ ކައުންސިލުން ދިން އެއްބާރުލުން އާރުއޭއެމް އިން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް