ކުޑަކުދިންނަށް ދޭން ތައްޔާރުކޮށްފައި ހުރި ކާނާ.

ތުއްތު ކުދިންގެ ކާނާ ވިއްކާ މީހުން ރަޖިސްޓްރީކުރަން އަންގައިފި

އަންނަ މަހުގެ 28ގެ ފަހުން ކުޑަކުދިންނަށް ކާންދޭ ކާނާ ވިއްކާ މީހުންގެ ވިޔަފާރިތައް ރަޖިސްޓްރީ ނުކުރާ ނަމަ، އެ ގޮތަށް އަމަލުކުރާ މީހުންގެ ނަން އާންމުކުރާނެެ

ރާއްޖޭގައި އުފައްދައިގެން ތުއްތު ކުދިންނަށް ކާންދޭ ކާނާ ވިއްކާ ނަމަ، އެ މަސައްކަތް ކުރާ ފަރާތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓާ ކުރަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެފްޑީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، 'ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު'ގެ ދަށުން އުމުރުން 3 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި 1 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަންވާނީ އެ ގަވައިދާ އެއްގޮތަށް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ.

ނަމަވެސް، މިހާރަކަށް އައިސް އެ ގަވައިދުގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭ ކާބޯތަކެތި ރަޖިސްޓްރީނުކޮށް ސޯޝަލް މީޑީއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާކަން ފާހަގަކުރެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ތަފްސީލް - އެމްއެފްޑީއޭ އިން ބުނީ:

  • އެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެފަދަ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަކީ އުފެއްދުމުގެ ފެންވަރާ އަދި މިންގަޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރުކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލޭނެ ކަމެއް

  • ކުޑަކުދިންނަށް ކާންދޭ އެފަދަ ކާނާ ރާއްޖޭގައި ތައްޔާރުކޮށް، ވިއްކާ މީހުން އަންނަ މަހުގެ 28ގެ ކުރިން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ

  • އޭގެ ފަހުން ރަޖިސްޓްރީނުކޮށް އެފަދަ ތަކެތި ވިއްކާ ނަމަ، އެފަދަ ފަރާތްތަކުގެ ނަން އާންމުކުރާނެ

ކޮމެންޓް (1)

ގާއްޓެ

29 ޖެނުއަރީ 2023
މިއީ ވަރަށް މުހިންމު ކަމެއް! ޝުކުރިއްޔާ އިބޫ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް