މީޑިއާނެޓްގެ ޝޯޓް މޫވީ ޗެލެންޖްގެ ބައިވެރިންގެ ކުރު ފިލްމްތައް މިހާރު އެމް އެސް ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ

މީޑިއާނެޓް

މީޑިއާނެޓްގެ ޝޯޓް މޫވީ ޗެލެންޖްގެ ބައިވެރިންގެ ކުރު ފިލްމްތައް މިހާރު ބަލާލެވޭނެ

މީޑިއާނެޓްގެ 'ޝޯޓް މޫވީ ޗެލެންޖް'ގެ ބައިވެރިންގެ ކުރު ފިލްމްތައް މިހާރު ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ތަފްސީލްް - މީޑިއާނެޓުން ބުނީ ރާއްޖޭގެ ކުރިއަރަމުން އަންނަ ހުނަރުވެރި ފިލްމް އުފެއްދުންތެރިން ވަނީ އެ ޗެލެންޖަށް ކުރު ފިލްމަތެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޗެލެންކުގައި ނުވަ ފަރާތަކުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓުގެ ޗެލެންޖަށް ހުށަހެޅި ފިލްމުތައް:

  • ހިމިތި: އިސްމާއިލް އާސިފް

  • ނަޒަރު: ލައިޓްސް އައުޓް

  • މޫވީ ނައިޓް: މިފްޒާ ހަސަން

  • ހައްގު ނިޔާ: ރީޝާ ޝަރީފް

  • ދަ ލެޓާ: އަލީ ޝާމިން

  • ހަށި: މުހައްމަދް ޝަނޫން

  • ބްލޫސް: ޝިމްމަ

  • ގާޑަންތެރޭ އުދުހިލާ: ސްލޯ ޓޭޕް  

ފިލްމުތައް ބަލާނީ ކިހިނެއް؟

  • މި ފިލްމްތައް އެމް އެސް ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ

  • އެމް އެސް ޑިޖިޓަލް އެޕަށް ސަބްސްކްރައިބް ކޮއްލައިގެންވެސް ބަލާލެވޭނެ

  •  އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ވީޑިއޯކްލަބްއަށް މީޑިއާނެޓް ކުއިކްޕޭ މެދުވެރިކޮއް ސަބްސްކްރައިބް ކޮއްލެވޭނެ. ނުވަތަ މީޑިއާނެޓުގައި ރެޖިސްޓާ ކޮއްލައިން ބަލާލެވޭނެ 

މީޑިއާނެޓުން ވަނީ އެންމެ މޮޅު ތިން ފިލްމް ހޮވާ ފައިސާގެ އިނާމު ދިނުމަށް ނިންމައިފަ އެވެ. އެގޮތުން އެންމެ މޮޅު ތިން ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26ގެ ފަހުންނެވެ. ވަނަ ހޮވުމުގައި ބަލާނީ ފަނޑިޔާރުންގެ ސްކޯގެ އިތުރުން ބެލުންތެރިންގެ ވިއުސްއަށެވެ. 

ވަނަތަކަށް ދޭނެ ފައިސާގެ އިނާމު:

  • ތިންވަނަ: 30,000 ރުފިޔާގެ އިނާމް

  • ދެވަނަ : 50,000 ރުފިޔާގެ އިނާމް

  • އެއްވަނަ: 100,000 ރުފިޔާގެ އިނާމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް