ބީއެމްއެލް އިން ތަކެތި ހަދިޔާކުރި ސެން ކްލާހެއްގައި ކުދިން ކިޔަވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިން 10 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައި
15 ޑިސެމްބަރު 2022

ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކިޔަވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަދިޔާކޮށްފި އެވެ. 

ތަފްސީލް - ބީއެމްއެލް އިން ތަކެތި ހަދިޔާކުރި ސްކޫލުތަކަކީ:

  • މުލަކު ސްކޫލް، މ. މުލައް

  • މަރަދޫ ސްކޫލް، ސ. މަރަދޫ

  • މާވަށު ސްކޫލް، ލ. މާވަށް

  • ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ

  • ގއ. އެޑިއުކޭޝަން ސެންޓަރު، ގއ. ވިލިގިނލި

  • ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ތ. ތިމަރަފުށި

  • ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ

  • ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ

  • ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ނ. ވެލިދޫ

  • ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

ބީއެމްއެލް އިން ތަކެތި ހަދިޔާކުރި ސެން ކްލާހެއްގައި ކުދިން ކިޔަވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އިން ތަކެތި ހަދިޔާކުރި ސެން ކްލާހެއްގައި ކުދިން ކިޔަވަނީ. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު، އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުން އަންނަ 260އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.  

"ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި އެހެން މީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް،" އެ ބަޔާނުގައިވެ އެވެ.

ބީއެމްއެލް އިން ތަކެތި ހަދިޔާކުރި ސެން ކްލާހެއްގައި ކުދިން ކިޔަވަނީ. (ފޮޓޯ/ބީއެމްއެލް)

އެނގުން މުހިންމު - ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް