ގިނަ އަދަދެއްގެ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގީރު. (ފޮޓޯ/ސަން)

ގްރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑްކޮށްފި

އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނެ ރޭ ލީކުކޮށްލި ވީޑިއޯގައި އިތުރު ދެ ފިރިހެނުން ތިބޭ ކަމަށްވޭ؛ އޭގެ ތެރެއިން އެކަކަކީ ޓީޗަރެއް ކަމަށް ބުނޭ

ގްރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ހިމެނޭ ކަމަށް ބުނެ ރޭ ލީކުކޮށްލި ވީޑިއޯއިން ފެންނަ ކަމަށް ބުނާ ޓީޗަރު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - ލީކުވެފައި ވީޑިއޯތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގީރުއާ އެކު އިތުރު ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯއިން ފެންނަ އެކަކަކީ މާލޭގެ ސްކޫލެއްގެ ޓީޗަރެއް ކަމަށް ތުހުމަތު ކުރެ އެވެ

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް، އޭނާ ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ބުނީ ކީކޭ؟ - އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފާހަގަކޮށްފައިވާ މީހުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އެ މެސެޖުގައިވެ އެވެ.

ތަފްސީލު - އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރަކީ:

  • ކުރިން އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިން ޓީޗަރެއް 

  • މިހާރު އޭނާ އެ ސްކޫލުގައި މަސައްކަތެއް ނުކުރޭ؛ އޭނާ މިހާރު ވަޒީފާ އަދާ ކުރަނީ ކޮން ސްކޫލެއްގައި ކަމެއް އަދި ސާފެއް ނުވޭ

ގުޅުން ހުރި ކަމެއް - ސަސްޕެންޑް ކުރި ޓީޗަރަކީ ގާޒީ ސްކޫލުގައި ވަޒީފާ އަދާ ކުރާ މީހެއް ކަމަށް ރޭ އަޑު ފެތުރު ނަމަވެސް، އެ ސްކޫލުން ވަނީ މިއަދު އެކަން ދޮގުކޮށްފަ އެވެ.

ފަސްމަންޒަރު - އަލަމްގީރުއާ އެކު އެކި ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ގާތްގަނޑަކަށް ތިން ވީޑިއޯ މީގެ ކުރިން ލީކްވި އެވެ. އެ ވީޑިއޯތަކުން ފެންނަ ކަމަށް ބުނާ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު 

  • މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) 

  • ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު

  • ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު؛ އޭނާ ކަމަށް ބުނާ މީހާ ހިމެނޭ ވީޑިއޯގައި ފެންނަނީ އަލަމްގީރު ނޫން ކަމަށް ބުނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް