Majlis 2024

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކްގެ ހިދުމަތް ވަނީ ފަށާފައި

އައިޖީއެމްއެޗް

ހުމާއި ރޯގާ އިތުރުވެ، އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު އެކި ކަހަލަ ރޯގާގެ ކޭސްތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވޭ

މާލޭގައި ހުމާއި ރޯގާގެ ކޭސްތައް ގިނަވެ، އައިޖީއެމްއެޗްގައި އެކަމަށް ހާއްސަ ފްލޫ ކްލިނިކަކުން ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުމާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.

ތަފްސީލު - އައިޖީއެމްއެޗުން ބުނީ އެފަދަ ކޭސްތައް އިތުރުވުމުގެ ސަބަބުން އިއްޔެ އިން ފެށިގެން އައިޖީއެމްޗްގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މި ކްލިނިކްގެ ހިދުމަތް ދޭނީ:

  • ހެނދުނު 8 އިން ރޭގަނޑު 11 އަށް

އެނގުން މުހިންމު - އެޗްޕީއޭއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން އަރިދަފުސް ރޯގާގެ ކޭސްތައް:

  • މާޗު: 14،399 ކޭސް

  • އޭޕްރީލް: 12،978 ކޭސް

  • މާޗު މަހުގެ ފަހު ހަފްތާ: 3،301 ކޭސް

  • އޭޕްރީލް މަހުގެ ފަހު ހަފްތާ: 2،925 ކޭސް

 ހުމާއި ރޯގާގެ ކޭސްތައް އިތުރުވި އިރު، ރާއްޖޭގައި މިހާރު ކޮވިޑް ކޭސްތައް ވެސް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް