ލަންކާގައި އޮޓޯ ދުއްވާ ޑްރައިވަރުން އޮޓޯތައް ކިޔޫއަށް ކޮއްޕަނީ. (ފޮޓޯ/ ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގައި ތެލުގެ އަގު އިތުރަށް ބޮޑުކޮށްފި

ތެޔޮ ލިބޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ވަނީ ވިދާޅުވެފައި

ސްރީ ލަންކާގެ އިގްތިސާދު ފުނޑި އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެ ގައުމަށް ލޯން ދިނުމަށް އެމެރިކާގެ ޓީމު ލަންކާއަށް ގޮސް، ސަރުކާރުގެ އޮފިޝަލުންނާ ވާހަކަ ދައްކަމުން ދަނިކޮށް އެ ގައުމުގައި އިއްޔެ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން އިއްޔެ ބުނީ ފުޅާ ދާއިރާއެއްގައި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކަށް ވިއްކާ ޑީސަލްގެ އަގު އެ ކޯޕަރޭޝަންގެ ފަރާތުން ބޮޑުކޮށްފައިވާ ކަމަށެވެ. މިހާރު ޑީސިލް ލީޓަރަކުން %15 ބޮޑުކޮށް ލީޓަރެއް ވިއްކަނީ 460 ރުޕީސް (1.27 ޑޮލަރަށް) އަަށެވެ. އަދި ޕެޓްރޯލް ލީޓަރަކުން %22 ބޮޑުކޮށް މިހާރު ލީޓަރެއް ވިއްކަނީ 550 ރުޕީސް (1.52 ޑޮލަރު) އަށެވެ.

ސީޕީސީގެ ބަޔާން އައީ ތެޔޮ ލިބޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާ ވިޖޭސޭކަރަ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

ވިޖޭސޭކަރަ ވިދާޅުވީ މިދިޔަ ހަފުތާގައި އަންނަން އޮތް ތެލުގެ ޝިޕްމަންޓް ނާންނަ ކަމަށާ އަދި އަންނަ ހަފުތާގައި ލިބެން އޮތް ޝިޕްމަންޓް ވެސް  ބޭންކުގެ ކަންކަން ނުނިމޭތީ އަދި ނާންނަ ކަމަށެވެ.

މިނިސްޓަރު ވަނީ އޮޓޯ ދުއްވާ މީހުންގެ ކިބައިން މައާފަށް އެދިވަޑައިގަންފަ އެވެ. މިނިސްޓަރު ގޮވާލެއްވީ ޕެޓްރޯލް ސްޓޭޝަންތަކުގެ ކައިރީ ކިޔޫ ނުހެދުމަށެވެ. ގިނަ ބަޔަކު ވަނީ އެ މީހުންގެ ވެހިކަލްތައް ޕެޓްރޯލް ސްޓޭޝަންތައް ކައިރީ ކިޔޫގައި ބާއްވައިފަ އެވެ. އެއީ ތެޔޮ ލިބުމުން އަވަހަށް ތެޔޮ އެޅުމުގެ ނިޔަތުގަ އެވެ.

ލަންކާގެ ރަސްމީ ފަރާތްތަކުން ބުނަނީ ލަންކާގައި ހުރީ ދެ ދުވަހަށް ބޭނުންވާ ތެޔޮ ކަމަށެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ވަނީ މުހިންމު ބޭނުންތަކަށް ތެޔޮ ފަހަށް ރައްކާކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އާއި ސްޓޭޓްގެ ވަފުދެއް ލަންކާއަށް ވަނީ ޒިޔާރަތްކޮށް ލަންކާއަށް ފޯރުކޮށްދެވިދާނެ އެހީތަކަކީ ކޮބައިތޯ ބެލުމަށް މަޝްވަރާ ކުރަމުންނެވެ.

ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ލަންކާއަށް 158.75 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެފައިވާ ކަމަށެވެ.

އދ. އިން ވެސް ގޮވާލާފައި ވަނީ ލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން އެންމެ ނިކަމެތި އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 47 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ގޮވާލައިފަ އެވެ. އދ.ގެ ހޯދުންތަކުން އެނގޭ ގޮތުގައި ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އެހީ ބޭނުންވާ މީހުންގެ އަދަދު 1.7 މިލިއަން މީހުންނަށް އަރަ އެވެ.

ހަކަތަ ބޭނުން ކުރާ ވަރު މަދު ކުރުމަށް މިދިޔަ ހަފުތާގައި ލަންކާއިން ވަނީ ސްކޫލްތަކާ އަދި ކޮންމެހެން ހިދުމަތް ދޭން ޖެހޭ އަސާސީ ހިދުމަތްދޭ ކުންފުނިތައް ފިޔަވައި އެހެން އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.

ލަންކާ ވަނީ 51 ބިލިއަން ޑޮލަރުން ބަނގުރޫޓްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް