Majlis 2024

ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި އެމްބިއުލާންސް ޖެހިފައި

ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި އެމްބިއުލާންސް ޖެހި އެކްސިޑެންޓުވެއްޖެ

އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުނި

މާލޭ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ އައިޖީއެމްއެޗްގެ އެމްބިއުލާންސެއް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިރޭ 7:50 ހާއިރު މި ހާދިސާ ހިނގާފައި ވަނީ އޯކިޑު މަގުގައި ހުންނަ 'އައިކެއާ' ކައިރިންނެވެ.

ތަފްސީލް - އެމްބިއުލާންސް ޖެހުމުގެ ސަބަބުން، އެ ތަނުގައި ޕާކު ކޮށްފައި ހުރި ބައެއް ސައިކަލުތައް ވެއްޓި، ކުދި ގެއްލުންތައް ވަނީ ވެފަ އެވެ. އެކްސިޑެންޓުގައި ތިން ވަރަކަށް ސައިކަލު ވަނީ ވެއްޓިފަ އެވެ.

އެކްސިޑެންޓުވި އިރު އެމްބިއުލާންސް ދުއްވަމުން ދިޔައީ ބަލި މީހަކު އުފުލައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މި އެކްސިޑެންޓުގެ ރިޕޯޓު 7:55 ހާއިރު ލިބިފައިވާ ކަމަށާއި، އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ތަރުޖާނަު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް