ޝާހު ރުކް ހާންގެ ބަންގަލޯ

ސަލްމާން ހާން

ޝާހުގެ މަންނަތު ގަންނަން އެންމެ ފުރަތަމަ ހުށަހެޅީ ސަލްމާން އަށް

ސަލްމާން ބުނީ އެހާ ބޮޑު ގެއެއްގައި ކުރާނީ ކީއްތޯ ބައްޕަ ސަލީމް ސުވާލު އުފެއްދި ކަމަށާއި ބަންގަލޯ ނުގަނެ ދޫކޮށްލީ އެހެންވެ ކަމަށް

ޝާހް ރުކް ހާންގެ މަޝްހޫރު ބަންގަލޯ 'މަންނަތު' ގަންނަން އެންމެ ފުރަތަމަ ހުށަހެޅީ ސަލްމާން ހާން އަށް ކަމަށް ބުނެފި އެވެ.

ސަލްމާން ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއް އަނެއްކާވެސް އާންމުވެގެން އުޅޭއިރު، އެ އިންޓަވިއުގައި އޭނާ ބުނީ، ކެރިއަރުގެ ކުރީކޮޅު އެ ބަންގަލޯ ގަންނަން އޭނާ އަށް ފުރުސަތު ލިބުނު ކަމަށެވެ. ސަލްމާން ބުނީ އެހާ ބޮޑު ގެއެއްގައި ކުރާނީ ކީއްތޯ ބައްޕަ ސަލީމް ސުވާލު އުފެއްދި ކަމަށާއި ބަންގަލޯ ނުގަނެ ދޫކޮށްލީ އެހެންވެގެން ކަމަށެވެ.

"މިހާރު އަހަރެން ޝާހު ކުރެން އަހަން ބޭނުވޭ އެހާ ބޮޑު ގެއެއްގައި އޭނާ ކުރަނީ ކީއްތޯ،" އެ އިންޓަވިއުގައި ސަލްމާން ބުނެފައިވެ އެވެ.

ޝާހު އެ ބަންގަލޯ ގަނެ، މަންނަތުގެ ނަމުން ނަން ދިން އިރު އެއީ ބޭންޑްރާގައި މަޝްހޫރު އިމާރާތެކެވެ. ފަތުރުވެރިންގެ މެދުގައި ވެސް މަންނަތު މަގުބޫލެވެ.

އެ އިމާރާތުގެ އަގު 200 ކްރޯޑު ރުޕީސް އަށް އަރަ އެވެ.

ސަލްމާން އާއި ޝާހު އަކީ ބޮލީވުޑުގައި ތިބި އެންމެ ކާމިޔާބު ތަރިންގެ ތެރޭ ހިމެނޭ ދެ މީހުންނެވެ. ކެރިއަރުގެ ވަކި ހިސާބަކުން ދެމީހުން ދޭތެރޭ މައްސަލަ ޖެހި، ވާހަކަ ނުދައްކާ އެތައް އަހަރެއް ވަންދެން ތިއްބެވެ. އެކަމަކު މިހާރު އެ މައްސަލަ ހައްލުކޮށް އެ ދެ މީހުންނަކީ އަނެއްކާވެސް ގާތް ރައްޓެހިންނެވެ.

ކޮމެންޓް

Placeholder

ސަލްމާން ހާން

ސަލްމާން ހާން