Majlis 2024

ގަން އިންޓަނޭޝަނަލް އެއާޕޯޓް: ބޮމެއް އޮތް ކަމަށް ބުނި މީހުން ދޫކޮށްލީ ރޭގައި

އައްޑޫ

ބޮމެއް އޮތް ކަމަށް ބުނެގެން ގަމުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

23 ސެޕްޓެމްބަރު 2022

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

ވީ ކިހިނެއް؟- ބޮމެއް އޮތް ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހެޅީ، އިއްޔެ ހަވީރު 5:25ގަ އެވެ. ނަމަވެސް އެފަދަ ޒާތެއްގެ އެއްޗެއް ފެނިފައިވާ ނުވާކަމަށް ފުލުހުން ބުންޏެވެ.  އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ:

  • އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް

  • އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް

އެ ދެ މީހުން ދޫކޮށްލިކަން ފުލުހުން ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދެއްވާފައެވެ.

" ރޭގައި އެމީހުން ވަނީ ދޫކޮށްލާފައި" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ތަފްސީލް- ބޮމުގެ އިންޒާރު ދިންކަން ރިޕޯޓުކުރުމާއި އެކު އެމްއެންޑީއެފުން ވަނީ އެ ދެ މީހުން ގެންގުޅު ތަކެތި ބަލާ ފާސްކޮށްފައެވެ. އެކަމަކު އެ ޒާތުގެ އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.

" މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން" ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.

އެނގުން މުހިންމު - ޓެރަރިޒަމް ގާނޫނުގެ ދަށުން ބޮމެއް އޮތް ކަމަށް ބުނެ، އެފަދަ ބިރުވެރިކަމެއް ފެތުުރުމަކީވެސް ކުށެކެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް