Majlis 2024

ސަރާ. ނ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަނީ: އޭނާ ވަނީ ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ސީދަލަށް ކިޔައިދީފައި

ސަރާގެ ވާހަކަ އަސަރު ގަދަ، އޭނާ ބުނެއިއްވީ ކުރެވުނު ތަޖުރިބާތައް

ވެލިދޫ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި 2020ގެ އެއް ވަނަ ދަރިވަރު ދެއްކި ވާހަކަތަކާ މެދު އެންމެން ވެސް ވިސްނާލަން ޖެހޭ

މުހިންމު ނުކުތާތައް

ބައޮލޮޖީ ޓީޗަރެއް ނެތުމުން ދެން ކަންތައް ކުރަންވާ ގޮތުގެ ހިޔާލު ދިނުމަކީ 'އެންމެ ބޮޑު ފެއިލް'

އޯ ލެވެލް ހެދިއިރު ދަރިވަރުންނަށް ހިތްވަރު ލިބޭނެ ބަހެއް މެނޭޖްމަންޓުން ބުނެފައެއް ނުވޭ

ބީރައްޓެއްސަކަށް ވުމުން ކުރިމަތިވި ހުރަސްތައް ވެސް ގިނަ

ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ އެވޯޑް ލިބިގެން ސްޓޭޖް މައްޗަށް އަރައި ވާހަކަ ދައްކަން ފެށުމުގެ ކުރިން ވެސް، އައިޝަތު ސަރާ އަހުމަދަށް އެއް ކަމެއް ޔަގީނެވެ: އޭނާގެ ވާހަކަތައް ކަމުނުދާނެ ބަޔަކު އެތަނުގައި ތިބޭނެކަމެވެ.

އެކަމަކު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޔުނީފޯމުގައި، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ 'ބެސްޓް އޯލް ރައުންޑް'ގެ ސެޝް އަޅައިގެން ހުރެ އޭނާ ވާހަކަ ފެށީ، އެއީ ދައްކަން މާ ލަސްވެއްޖެ ވާހަކައެއްކަން ގަބޫލުކުރަމުންނެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ވަނަތަކާއި އެވޯޑްތައް ހޯދިއްޖެ. ގްރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ވަރަށް ގިނަ ޝަރަފްތައް ހޯދައިދެވިއްޖެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ލިބުނީ ހުސް އަތްތިލަ ބަޑިއެއް،" ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ 2019 ،2020 އަދި 2021 ވަނަ އަހަރުގެ އިނާމު ދޭން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަރާ ބުންޏެވެ.

"މިއިން އެއްވެސް ކާމިޔާބީއެއް އަޅުގަނޑުގެ ނަމާ އެކުގައި ފާޙަގަކޮށް ނުލެވުނު ތަނުގައި އެކަމުގެ އަގު ވަޒަން ވެސް ނުކުރެވުނު. މީގެ ދިހަ އަހަރު ކުރިން ފެށިގެން ދެކެމުން އައި ހުވަފެންތަކަކީ އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވެއްޖެ."

ސަރާގެ ވާހަކަ ފެށުމާ އެކު، ޖަލްސާއަށް ހާޒިރުވެ ތިބި ސްކޫލުގެ ވެރިންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ވެސް ފެނުނީ ހައިރާންކަމެވެ. އާއްމު ގޮތެއްގައި އެފަދަ ޖަލްސާތަކުގައި ވަނަ ލިބޭ ދަރިވަރުން ' ގަތާލަނީ ޝުކުރުގެ ހާރެއް' ނަމަވެސް، ސަރާ 'ގަތާލީ ޝަކުވާގެ ހާރެކެ'ވެ. އެފަދަ މަގާމަކަށް ވާސިލްވާން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް ގިނަ ކަމަށް ބުނެ، މާޔޫސްކަމާ އެކު އޭނާ ވާހަކަ ދެއްކި އެވެ.

އިނާމު ދިނުމުގެ ޖަލްސާގައި ސަރާއަށް އެވޯޑް ދެނީ: އޭނާއަކީ ނ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރު

ނ. ޅޮއްސަށް އުފަން ސަރާ ބުނިގޮތުގައި މަންމަ އާއި ބައްޕަ އާއި ކޮއްކޮ ދޫކޮށް، މާމައާ އެކު އޭނާ ބީރައްޓެހި ރަށަކަށް ބަދަލުވީ ރަނގަޅު ތައުލީމެއް ހޯދުމަށެވެ. އެ މަގްސަދުގައި، ނ. އަތޮޅު ތައުލީމީ މަރުކަޒަށް ވަން ދުވަހު ގިނަ އަޒުމުތަކެއް ކަނޑައެޅި އެވެ. އެންމެ ފުރަތަމަ ބޭނުންވި ޕްރިފެކްޓުކަން، ގްރޭޑް ހައެއްގައި ހޯދި އެވެ. ގްރޭޑް 10 ގައި ކެޕްޓަންގެ މަގާމު ހޯދި އެވެ. އޯ ލެވެލްގެ ޓޮޕް ޓެން އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް، ރަށުން ކީ ރަތް ދޫލައިގެ މަރުހަބާ ފެނިފައި، އެ ކާމިޔާބީ ހޯދަން ވެސް އޭނާ ބޭނުންވި އެވެ. ސްކޫލާ އޭނާ އަލްވަދާއުކީ ޓޮޕް ޓެންގެ ދެ ވަނަ ހޯދުމަށް ފަހު އެވެ.

ކޮންމެ އަހަރެއްގެ ގުރުއާން މުބާރާތުގައި ބައިވެރިވެ، ވަނަ ހޯދި އެވެ. މަދަހަ އާއި އަދަބީ މުބާރާތްތަކާއި ކުޅިވަރުގެ މުބާރާތްތަކުގައި އޭނާގެ އަޑު ގަދަ އެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އޭނާ ސްކޫލު ތަމްސީލުކުރި އެވެ. އެކަމަކު ދިހަ އަހަރުގެ ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، އެންމެ މޮޅު ދަރިވަރުގެ އިނާމު ދޭން ބޭއްވި ޝަރަފްވެރި ހަފްލާގައި، ސަރާގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ.

"އަޅުގަނޑުގެ ހުރިހާ ހުވަފެނެއްގައި ކުލަ ޖެހުނު ނަމަވެސް، ލިބެން ޖެހޭ އުފާވެރިކަމެއް ނުލިބޭ،" ޕޯޑިއަމްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ސަބަބުތައް ދެއްކި އެވެ. އޭނާއަށް އެ ކާމިޔާބީތައް ހާސިލްކުރެވު ނަމަވެސް ފެނުނީ ތަފާތުކުރުމެވެ. ސްކޫލް މާހައުލުގެ ތެރެއިން ބާކީކުރުމެވެ. ބީރައްޓެއްސަކަށް ވުމުން ތައުލީމީ ގޮތުން ވެސް ހުރަސްތަކާ ކުރިމަތިވިކަން ފާހަގަކުރި އެވެ.

ސަރާ ބުނީ އުފަން ރަށާއި އާއިލާ ދޫކޮށް އޭނާ ވެލިދުއަށް ކިޔަވަން ދިޔައީ، ތައުލީމީ ގޮތުން ކުރިއަށް ދާނެ ފުރުސަތުތައް ހޯދަން ސަލާން ޖަހަން ޖެހޭނެ ކަމަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގްރޭޑް ދިހައެއްގެ ފަހު ދެ މަސް ދުވަހު ކިޔެވީ ބަޔޮލޮޖީ ޓީޗަރެއް ނެތި. އެކަމަކު ކޮންމެވެސް ގޮތަކުން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ ހިޔާލު އަޅުގަނޑު، ސްކޫލު ކެޕްޓަނެއްގެ ހައިސިއްޔަތުން ޕްރިންސިޕަލްއަށް ހުށަހެޅިން. އެކަމަކު އެ ދުވަހު ޕްރިންސިޕަލްގެ ފަރާތުން ލިބުނީ އެއްބާރުލުމާއި ހިތްވަރުގެ ބަދަލުގައި ނުރުހުން،" އޭނާ ކިޔައިދިނެވެ.

"އެ ދުވަސް އަޅުގަނޑުގެ ހިތުން ދުވަހަކު ފިލާނުދާނެ. އެއީ ކެޕްޓަނެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރިމަތިވި އެންމެ ބޮޑު ފެއިލިއާ."

ސަރާ ދެއްކި ވާހަކައިގެ ވީޑިއޯ

ސަރާ ބުނިގޮތުގައި އޭނާ އާއި އޭނާގެ ކްލާސް ކުދިންގެ ކިޔެވުމަށް ސްކޫލުގައި އޭރު އޮތް މެނޭޖްމެންޓުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.  އޯ ލެވެލް އިމްތިހާނު ހަދަން ދަރިވަރުން އިށީން ދުވަހު ވެސް، މެނޭޖްމެންޓުގެ ފަރާތުން ހިތްވަރުގެ އެއްވެސް ބަހެއް ނީވުނު ކަމަށް ބުންޏެވެ.

އޭނާ ކާމިޔާބު ހޯދީ އަމިއްލަ ހިތްވަރުން ކަމަށާއި އަމިއްލަ ނަފްސަށް، 'ތިމާއަކީ ގާބިލް ކުއްޖެއްކަން ޔަގީންކޮށްދީގެން' ކަމަށް ބުންޏެވެ.

ސަރާ ވަނީ ދެން ތިބި ދަރިވަރުންނަށް ފައިދާވާނެ ގޮތްތައް ހަދައިދޭން ސްކޫލްގެ މެނޭޖްމަންޓްގެ ކިބައިން އެދިފަ އެވެ. އެގޮތުން؛

  • ނަތީޖާއަށް ވުރެ ދަރިވަރުންގެ ހުނަރު ތަރައްގީކުރަން މަސައްކަތް ކޮށްދިނުން

  • އޯ ލެވެލްގެ ގަދަ 10 އިން، ދަރިވަރުންގެ ފެންވަރު އަޅާބެލުމުގެ ބަދަލުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުން ހުނަރުތައް ފަހިކޮށް، އެކަންކަމުން ސްކޫލުގެ ފެންވަރު ވަޒަންކުރުން

  • ސްކޫލައި ހޭދަކުރާ އަހަރުތަކަކީ އުފާވެރި ދުވަސްތަކަކަށް ހަދައިދިނުން

  • ދަރިވަރުންގެ ހައްގުތައް ނުހިފެހެއްޓުން

  • ކާމިޔާބު ވަޒަންކުރުމުގައި ވެސް އިންސާފުވެރިކަން ގެންގުޅުން

ސަރަ ބުނި ގޮތުގައި ބީރައްޓެއްސަކަށް ވިޔަސް އޭނާ ކާމިޔާބީތައް ހޯދީ، ވެލިދޫ ސްކޫލުގެ ދަރިވަރެއްގެ ގޮތުގަ އެވެ. އެހެންވެ، އެއީ އެ ސްކޫލާއި އެ ރަށަށް ވެސް ލިބޭ ޝަރަފެއް ކަމަށް ބުންޏެވެ.

ސަރާ (ވ) އޭނާގެ މާމަ އާއި ދައްތައާ އެކުގައި: ވެލިދޫގައި އޭނާ ކިޔަވަން ހުރީ މާމަގެ ބެލުމުގެ ދަށުން

ދެން އޭނާ ފާހަގަކުރީ، ރަށްރަށުގެ ބައެއް ސްކޫލްތަކުން އާންމުކޮށް ދިމާވާ މައްސަލައެކެވެ: ބެލެނިވެރިންގެ މެދުގައި ކުދިންނާ މެދު އޮންނަ ހަސަދަ އާއި ނަފްރަތެވެ. އޭނާ އެދުނީ އެ ސިފަތަކުން ބެލެނިވެރިން ދުރުވެ، ކޮންމެ ދަރިވަރަކަށް ވެސް ހިތްވަރުދޭ، އެ ދަރިވަރުންގެ އުފަލުގައި ވެސް ބައިވެރިވާ ބަޔަކަށް، ރަށުގެ މުޅި މުޖުތައުވުމަށެވެ.

"އަޅުގަނޑަށް މި ވާހަކަތައް، މިހާ ތެދުވެރިކަމާ އެކު ކިޔައިދެވުމުގެ ހިތްވަރަކީ، މީގެ ކުރިން އަޅުގަނޑަށް ދުވަހަކު ވެސް ނުލިބޭ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ލިބުން. އެ ހިތްވަރާއި ލޯބި ލިބުން،" ސަރާ ބުންޏެވެ.

އޭނާގެ ވާހަކަ 17 މިނިޓަށް ދެމިގެންދިޔަ އެވެ. ވާހަކަ ނިންމާލީ ރޮމުންނެވެ. 

ސްޓޭޖް މަތިން ފައިބައިގެން ގޮސް ގޮނޑީގައި އިށީނުމާ އެކު، އޭނާ ފަހަތުގައި ތިބި ބައެއް ބެލެނިވެރިންނާއި ދަރިވަރުން ތަރުހީބުދީ، ޝުކުރު އަދާކުރި އެވެ.

ވެލިދޫ ސްކޫލްގައި މިހާރު އޮތީ އޭނާ ކިޔެވި އިރު ސްކޫލް ހިންގި މެނޭޖްމަންޓެއް ނޫނެވެ.

"އެވަގުތު އަޅުގަނޑަށް ރިއަލައިޒްވި، އެ ވާހަކަތަކުން ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް، އެފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ދަރިވަރުންނަށް ތަފާތެއް ހޯދައިދެވޭނެކަން. އެ ހިތްހަމަޖެހުން އެބަ އޮތް،" މި ނޫހާ ވާހަކަދައްކަމުން ސަރާ ބުންޏެވެ.

ކޮމެންޓް (17)

މަނިކު

17 ޖޫން 2022
ވަރައްއަސަރުގަދަސްޕީޗްއަދިއެހާމެފުރިހަމަ
6 0

މުހައްމަދު

17 ޖޫން 2022
ވަރައްއަސަރުގަދަކޮށްދިމަަވިކަންތައްkiyAdIfi. ޢެހެންނުވާނެގޮތަކަށްކަންކުރަނޖެހޭ
3 0

ާއާނަ

17 ޖޫން 2022
އަސްލުވެސް ރޮވިއްޖެ. އުންމީދަކީ މިފަދަ ކަންކަން ތަކުރާރު ނުވުން. އެޑިޔުކޭޝްން މިނިސްޓަރީއިން ސްކޫލްތައް މޮނީޓަރ ކުރަންޖެހޭ. ސާރާއަށް ފަށްފަށުން ޝުކުރިއްޔާ! ތިޔައީ ނަމޫނާ ދަރިވަރެއް! އެދެނީ ސާރާއަށް ކާމިޔާބީ ލިބުން.
12 1

އަންތު

17 ޖޫން 2022
ފުރަތަމަ ވެސް މާތްﷲ ޝުކުރުކުން! ދެވަނަޔައް ޝުކުރު އަދާ ޝުރަނީ ޝަރާއަށް ޝަރާބުނިހެން މާ ބޮޑަށް ވެސް ލަސްވެއްޖެ އެވާހަކަދައްކަން އެހެނަސް މިއަދު އެހާމެ އުފާ ވެއްޖެ ޝަރާ ކަހަލަ ހިވަރުގަދަ ހައްޤުބަސް ބުނަން ކެރޭ ދަރިއަކު އުފަންވީތީ ! ސާބަސް އަސްސަރިބަހާ ސާބަސް އެއްއީ ހަގީގަތުގަވެސް (ވ ވ ވ ބޮޑު ތެދެއް ތަހައްމަލް ކުރިން ހުދު އަޅުގަންގު ވެސް )
11 0

ޔަސް87

16 ޖޫން 2022
ވަރަށް ވަރަށް ފުރިހަމަ ސްޕީޗެއް. ސްޕީޗް ނިމުނު އިރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ. ސަރާ އަށް ބުނެލަން އޮތީ ތިހިއްވަރާ ތިއަޒުމާ އެކު މަސައްކަތް ކޮއްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެއޭ. މި ޤައުމު ބޭނުން ވަނީ ތިކަހަލަ ދަރިންނޭ.👏👏👏
11 0

ހުސެން

16 ޖޫން 2022
ސާބަސް ދަރިޔާ! ﷲ ތަޢާލާގެ ފުރިހަމަ ނިއުމަތާ ބަރަކާތަށް އެދެން! ކުރިޔަށް ވަޑައިގަންނަވާ! ގައުމު އަދަށްވުރެ ފަހި މާދަމައެއް ލިބޭނީ ތިޔަފަދަ ހިތްވަރުގަދަ ދަރީން ތިބެގެން. މާށާ ﷲ
44 1

ާއައިޝާ

15 ޖޫން 2022
ސުކޫލުން މަސައްކަތް ނުކޮށްދީ ގަދަ ދިހައަކަށް ކުއްޖަކު ދާނެ ކަމާމެދު ސުވާލު އުފެދޭ. ގައުމީ މުބާރާތް ތަކުގައި ދަރިވަރަކަށް ވާދަ ކުރެވޭނީ ސުކަޫލުން ެފުރުސަތު ފަހިކޮށްދިނީމަ
13 80

ޕްރިންޓޭ

16 ޖޫން 2022
@ާއައިޝާ ސްކޫލަށް ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވަންޏާ ބައިވެރިކުރަން ދޯ ޖެހޭނީ.
17 1

ވަލީދާ

16 ޖޫން 2022
@ާއައިޝާ ޖަޖް ކުރުމުގެ ކުރިން އެސްޕީޗް އަޑުއަހާލާ.
10 0

ހަބަރު

17 ޖޫން 2022
@ާއައިޝާ ހަބަރުގެ އެއްބައި ކިޔާފައި އޮތިއްޔާ އޮޅުމެއްއަރާފާނެއެވެ. އެކަމަކު އެކުއްޖާގެ ވާހަކަ އަޑުއަހާލީމައި ސުކޫލުން އިހުމާލުވީ ކިހާ މިންވަރަކަށްކަން އެނގޭނެއެވެ. އެއްޗެއް ބުނުމުގެ ކުރިން ކަންއޮތްގޮތް ބަލާލުން ރަނގަޅުވާނެއެވެ.
20 0

އައިޝާ

17 ޖޫން 2022
@ވަލީދާ ކޮންމެ މީހަކަަށްވެސް ބޭނުނއގޮތަކަށް ސްޕީޗް ލިޔެވިދާނެ އެކަމަކު ދައްކާ ހުރިހާ ވާހަކައަކީ ހަގީގަތެއް ނޫން. ސަރާ ކިޔެވީ ބީރައްޓެހި ރަށެއްގަ ނޫން. މާމަ ރަށުގައި މާމައާއި އާއިލާ ކައިރީގައި ހުރެ.
1 25

މިނިވަން

15 ޖޫން 2022
ވަރަށް ފުރިހަމަ މި ކުއްޖާގެ ވާހަކައިގެ ވީޑިއޯ ނޫނީ އޯޑިއޯ ދައުރު ނޫހުން ހިއްސާ ކޮއްލަދީފިނަމަ ވަރަށް ޝުކުރު
30 0

މުހައްމަދު

15 ޖޫން 2022
ސަރާ ވާހަކަ ދެއްކި ވީޑިއޯ ބަލާން ވަރަށް ބޭނުން. މި ލިޔުން ވަރަށް ފުރިހަމަ. ވީޑިއޯ ހިމަނާލި ނަމަ އިތުރަށް ފުރިހަމަވީސް
75 6

ައައިސް

17 ޖޫން 2022
@މުހައްމަދު https://youtu.be/K1FqplQ8Ulo ..
0 0

ގުޑް ސިޓިޒަން

15 ޖޫން 2022
ބްރޭވް ގާލް. ސޯ ޕްރަެުޑް
60 5

އަސަރެއް

15 ޖޫން 2022
މި ކުއްޖާ ދެއްކި ވާހަކައިގެ ވީޑިއޯއެއް ލިބޭނެނަމައޭ ހިތައްއަރާ. އަޑު އަހާލުމުގެ ޝައުގު އުފެދިއްޖެ. ދައުރު މީޑިއާއަށް ލިބިފައިވާނަމަ ހިއްސާ ކޮށްދެވުން އެދެން.
139 15

ސަރާ ފޭން

15 ޖޫން 2022
@އަސަރެއް ވީޑިއޯ އެބައޮތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް