Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އެފްއޭއެމްއަށް ހުޅުމާލޭ ފުރަތަމަ ފޭހުން ދިން ބިމުގައި، ހަދާފައި ހުރި ތިން ބުރީގެ އެކޮމޮޑޭޝަން އިމާރާތް: މި ބިމުގެ ބޮޑުމިނަކީ 230،000 އަކަފޫޓު.

އެފްއޭއެމް

އެފްއޭއެމްގެ ދަރަނި ފިލުވަން ދެން އޮތީ ހުޅުމާލޭ ބިން

ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއް ދިނީ ފުޓްބޯޅައިގެ ގައުމީ އެކަޑަމީއެއް ހިންގަން ޝަރުތުކޮށް
3 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

މަޝްރޫއުގެ ފުރަތަމަ ބައި 2018ގައި ނިންމާނެ ކަމަށް އެފްއޭއެމުން އޭރު ބުނި

އެއްބަސްވުމުގައި ނެތް 'ކޮމާޝަލް ކޮމްޕޯނެންޓެއް' ލާން އެފްއޭއެމުން އަންނަނީ މަޝްވަރާކުރަމުން

އެފްއޭއެމްގެ ދަރަންޏާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއްނުކުރޭ

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ދަރަނި ކިހާ ވަރެއް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ދޭކަށް އެފްއޭއެމުން ބޭނުމެއް ނުވެ އެވެ.

އެކަމަކު މިހާރުގެ ހާލަތަށް ބަލާ ނަމަ ރާއްޖޭގެ އެއް ވަނަ ކުޅިވަރުގެ ގައުމީ އިދާރާ ސަލާމަތްކުރުން ސަރުކާރުގެ ޒިންމާއަކަށް ވެއްޖެ ކަމަށް ފެނެ އެވެ. އެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނީ، ރައްޔިތުންގެ ފައިސާ އިންނެވެ. ރައްޔިތުންގެ ފައިސާ ހޭދަކުރާ ނަމަ ރައްޔިތުންނަށް އެފްއޭއެމުން ޖަވާބުދާރީވަން ޖެހެ އެވެ. ޖަވާބުދާރީވުމަކީ މީޑިއާ މެދުވެރިކޮށް ނަމަވެސް މައުލޫމާތު ފެތުރުމެވެ.

މިއިން އެއްވެސް ސިފައެއް އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓްގައި ހުރި ކަމަކަށެއް ނުފެނެ އެވެ. ފާޑުކިއުންތައް ބަލައިގަތުމުގައި މިހާ ދުރު މެނޭޖްމަންޓެއް އެފްއޭއެމްގެ ތާރީހުގައި ވެސް އަދި ނާންނަ ކަމަށް، އެ އިދާރާގައި މިހާރު ވެސް ވަޒީފާ އަދާކުރަމުން އަންނަ އެކަމަކު މީޑިއާއަށް މައުލޫމާތު ދިނުމުގެ ހައިސިއްޔަތު ނެތް، ބައެއް މުވައްޒަފުން ބުނެ އެވެ.

އިއްޔެ އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމެއް އައިސްފަ އެވެ. އޭޑީކޭއިން އެފްއޭއެމާ ދެކޮޅަށް ހުށައެޅި މައްސަލަ ނިމުނީ އެއް މަސް ދުވަހުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދައްކާށެވެ. އެއީ އެފްއޭއެމުން ފައިސާ ދައްކާ ގޮތަށް ފަސް މަހެއްހާ ދުވަހު ހޯދި ހިދުމަތްތަކަށް އެރި ޖުމްލަ އެވެ.

ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާގެ މައްސަލައެއްގައި އެފްއޭއެމްގެ އޮފީހުން މި ފަހުން ވަނީ ކަރަންޓް ވެސް ކަނޑާލައިފަ އެވެ.

އެފްއޭއެމްގެ ބަޖެޓްގެ ގޮތުގައި މިދިއަ ޖޫން މަހު ވަނީ 80 މިލިއަން ރުފިޔާ ފާސްކޮށްފަ އެވެ. އެކަމަކު ލަފާކޮށްފައި އޮތީ އެއަށް ވުރެ 8 މިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށެވެ. އެހެންކަމުން އެއީ 88 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓަށް ފައިސާ ލިބޭ ގޮތްތައް:

  • 43 މިލިއަން ރުފިޔާ: ސްޕޮންސަޝިޕް

  • 24 މިލިއަން ރުފިޔާ: ފީފާގެ އެހީ

  • 6 މިލިއަން ރުފިޔާ: އޭއެފްސީ

  • 3.7 މިލިއަން ރުފިޔާ: ސަރުކާރުން

  • 2.5 މިލިއަން ރުފިޔާ: އެކި ހަރަކާތްތައް ހިންގައިގެން

ބަޖެޓް ފާސްކުރި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އަރަނި ބަޖެޓަކަށް ހެދޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެކަމަކު އަހަރު ނިމެމުން ދާއިރު ފެންނަނީ އެ މަންޒަރެއް ނޫނެވެ.

އެފްއޭއެމްއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ބެހޭ ގޮތުން މެނޭޖްމަންޓުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް 'ދައުރު'އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ދީފައި އޮތް 230،000 އަކަފޫޓުގެ ބޮޑު ބިން ބޭނުންކޮށްގެން އާމްދަނީއެއް ލިބޭނެ ގޮތަށް އެއްބަސްވުން ބަދަލުކުރެވޭތޯ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/އެފްއޭއެމް)

ސަރުކާރުގެ އާ އޮފީސް އިމާރާތުގެ ކުރިމަތިން އެ ބިން 2018 ގައި ދޫކުރީ ބައިނަލްއަގުވާމީ ފެންވަރަށް ގައުމީ ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތީ ސަރުކާރުގެ ހަރަދުގަ އެވެ.

އެ އަހަރުގެ ޖުލައި މަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ބައްސާމް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި، އެކަޑަމީގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ހަދަން އޮތީ އިދާރީ އޮފީހަކާއި ޖިމެއް ހިމެނޭ ގޮތަށް އެކޮމޮޑޭޝަން ބްލޮކަކާއި ބޮޑު އެއް ދަނޑެވެ.

ތިން ބުރިއަށް ހަދާ އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު ދަނޑުގެ މަސައްކަތެއް ނުފަށަ އެވެ. މިހާރު ފެންނަ ގޮތުގައި މަޝްރޫއު ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބަކީ ސަރުކާރުން ދޭން ބުނި މާލި އެހީތެރިކަން ނުލިބިގެން ކަން ނުވަތަ އެހެން ހުރަސްތަކެއް ދިމާވެގެންކަން، އެފްއޭއެމްގެ ފަރާތުން ސާފުވާ ގޮތެއް ނުވި އެވެ.

މިހާރުގެ 17 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިން: ހުޅުމާލޭގައި ހަދާ އެކަޑަމީގެ ބޭނުމަކީ ޒުވާން ކުޅުންތެރިން އުފެއްދުން (ދައުރު ފޮޓޯ: އަބްދުﷲ ޔަޝާއު)

އެކަމަކު އެޗުޑީސީން ދިން މައުލޫމާތުތަކުން ބުރަވެވެނީ އެފްއޭއެމާ އެކު ހަދާފައި އޮތް އެއްބަސްވުމުގައި ނެތް "ކޮމާޝަލް ކޮމްޕޯނެންޓެއް އިތުރުކުރަން" ހުށައަޅާފައިވާ ކަމަށެވެ.

"އެކަން ކުރެވެން އޮތް ގޮތެއް ބަލާ، އެކަން ކުރުމުގެ މަޝްވަރާ އެޗުޑީސީ އިން މިހާރު ދަނީ ކުރަމުން،" އެޗުޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގެ ތަފުސީލެއް ނުދެ އެވެ. އެކަމަކު އެފްއޭއެމުން އެ ބިމުގައި މިހާރު ކުރަން އުޅެނީ އެއްބަސްވުމުގައި ނެތް ކަމެއްކަން ދޭހަވެ އެވެ.

އެ ބިމުން ދިގު މުއްދަތަކަށް ބައެއް ސަރަހައްދުތައް ވަކިވަކި ފަރާތްތަކަށް ދޫކުރަން އެފްއޭއެމުން އުޅޭ ވާހަކަތަކެއް މި ފަހުން ފެތުރުނެވެ. އެކަމަކު އެޗުޑީސީން ބުނީ ބިން ދޫކުރި މަގުސަދާ ހިލާފު ކަމެއް ކުރަންޏާ "އެތަން ބޭނުންކުރުމުގެ ހުއްދަ އެޗުޑީސީން ނުދޭނެ" ކަމަށެވެ.

އެފްއޭއެމްގެ ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ސީދާ ފައިސާ ނުދީފި ނަމަ މިހާރު ލިބެން އޮތް އެންމެ ބޮޑު މުދަލަކީ ހުޅުމާލޭގެ ބިން ކަމަށް، އެފްއޭއެމްގެ އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އެހެންކަމުން އެޗުޑީސީއާ އެކު މިހާރު ކުރިއަށް ދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، އެފްއޭއެމަށް އާމްދަނީއެއް ލިބޭނެ ބަދަލުތަކެއް ގެނައުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް