ޕާސްޕޯޓުގެ ހިދުމަތް ހޯދަން އިއްޔެ އިމިގްރޭޝަންގައި މީހުން ކިޔޫ ހަދާފައި. އިއްޔެ އެކަނި 227 ޕާސްޕޯޓު އެންރޯލްކޮށް، 329 ޕާސްޕޯޓު ދޫކުރި (ފޮޓޯ/އިމިގްރޭޝަން)

އިމިގްރޭޝަން

ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އިއްޔެ އެކަނި 300 ޕާސްޕޯޓު ދޫކޮށްފި

ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަން އޮފިސަރުން ރޭގަނޑު ވެސް މަސައްކަތް ކުރި
29 އޭޕްރީލު 2022

ފިތުރު އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އިއްޔެ އެކަނި 300 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮންމެ ބަންދަކާ ދިމާކޮށް ވެސް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އެވެ. މި އަހަރުގެ ފިތުރު އީދާ ގުޅުވައި ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭ އިރު، ގިނަ ބަޔަކު އަންނަނީ ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ވެސް ތައްޔާރުވަމުންނެވެ. އަދި ގިނަ ބަޔަކު މިހާރު ވަނީ ފުރަން ފަށައިފަ އެވެ.

ތަފްސީލް - އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ޗުއްޓީއާ ދިމާކޮށް އިއްޔެއަކީ ޕާސްޕޯޓުގެ ހިދުމަތަށް އެންމެ ބާރުބޮޑުވި އެއް ދުވަސް ކަމަށެވެ. އެގޮތުން އިއްޔެ:

  • 227 ޕާސްޕޯޓު އެންރޯލްކުރި

  • 329 ޕާސްޕޯޓު ދޫކުރި

ޕާސްޕޯޓުގެ ހިދުމަތް ހޯދަން އިއްޔެ އިމިގްރޭޝަންގައި މީހުން ކިޔޫ ހަދާފައި. އިއްޔެ އެކަނި 227 ޕާސްޕޯޓު އެންރޯލްކޮށް، 329 ޕާސްޕޯޓު ދޫކުރި (ފޮޓޯ/އިމިގްރޭޝަން)

ބުނީ ކީކޭ؟ - އިމިގްރޭޝަނުން ބުނީ ވީހާ ވެސް ގިނަ މީހުންނަށް ހިދުމަތްދީ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ކުރާ އުއްމީދުތަކުގައި ކުލަޖެއްސުމަށް އިއްޔެ ހެނދުނު 9 އިން ރޭގަނޑު 11:30 ވަންދެން އިމިގްރޭޝަން އޮފިސަރުން މަސައްކަތް ކުރި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް