ރަންބީރު

ފ. ދަރަނބޫދޫ

ރަންބީރުގެ ކްރަޝް އަކީ ޒެންޑާޔާ

ރަންބީރު ބުނީ ފޭކު އިންސްޓަގްރާމު އެކައުންޓެއް ގެންގުޅޭ ކަމަށް
1 ޖުލައި 2022

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ސަމްޝޭރާ'ގެ ޕްރޮމޯޝަނުގެ ތެރެއިން އޭނާ ވަނީ 20 ސުވާލަށް ދެ މިނެޓުން ޖަވާބު ދީފަ އެވެ.

ޔަޝް ރާޖް ފިލްމްސް އިން އާންމުކުރި ވީޑިއޯއެއްގައި، އޭނާ އަށް ކުރިމަތިކުރި އެއް ސުވާލަކީ އޭނާގެ ކްރަޝް އަކީ ކޮބައިތޯ އެވެ. ރަންބީރު ބުނީ އޭނާގެ ކްރަޝް އަކީ 'ސްޕައިޑާ-މޭން: ނޯ ވޭ ހޯމް'ގެ ތަރި ޒެންޑާޔާ ކަމަށެވެ. އެންމެ އުފާވަނީ އަނބިމީހާ އާލިޔާ ކަޕޫރާ އެކު ކަމަށާއި ރީތި ފިލްމެއް އަދި އޭނާގެ އާއިލާގެ އިތުރުން އަރާމު ފިނި ވައި ޖެހުމުން ވެސް އުފާވާ ކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ އޭނާގެ "4 އޭއެމް ފްރެންޑް" އަކީ ރޯހިތު ދަވަން ކަމަށެވެ. މީގެ އިތުރުން ފޭކު އިންސްޓަގްރާމު އެކައުންޓެއް ގެންގުޅޭ ކަމަށް ވެސް ރަންބީރު ވަނީ ބުނެފަ އެވެ.

ރަންބީރުގެ ފިލްމު 'ސަމްޝޭރާ' މި މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާއިރު އޭނާ އާއި އާލިޔާ އެކުގައި ފެންނާނެ ފުރަތަމަ ފިލްމު 'ބުރަމަސްތުރާ' އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.

ރަންބީރާއި އާލިޔާގެ އަލަތު ދަރިފުޅު ލިބެން އުޅޭކަން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް