Majlis 2024
ބޮލީވުޑް

އޭއާރު ރަހުމާނުގެ ދަރިފުޅު ކައިވެނިކޮށްފި

ރަހުމާންގެ ދަރިފުޅު ހަދީޖާ އާއި މިއުޒިކް އިންޖިނިއަރު ރިޔާޒްދީން ރިޔާންގެ ކައިވެނީގެ ފޮޓޯތައް ވަނީ އާންމު ކޮށްފައި
7 މޭ 2022

ބޮލީވުޑްގެ މިއުޒީޝަން އޭއާރު ރަހުމާން އަކީ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މާގިނައިން ދައްކާ ފަންނާނެއް ނޫނެވެ. އެކަމަކު އޭނާ ވަނީ ދޮށީ އަންހެން ދަރިފުޅުގެ ކައިވެނީގެ އުފާވެރިކަން ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

ދަރިފުޅު ހަދީޖާ އާއި މިއުޒިކް އިންޖިނިއަރު ރިޔާޒްދީން ރިޔާންގެ ކައިވެނީގެ ހަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ދިނުމުގެ އިތުރުން އޭއާރު ރަހުމާން ވަނީ އެ ކައިވެނީގެ ފޮޓޯތައް ވެސް އާންމު ކޮށްފަ އެވެ.

މި އުފާވެރި ހަބަރާ އެކު އޭއާރު ރަހުމާނުގެ ފޭނުންނާއި ގާތް މީހުންނާއި އިންޑަސްޓްރީގެ މީހުން ވެސް ދަނީ އޭނާގެ އާއިލާ އަށް މަރުހަބާ ކިޔަމުންނެވެ.

ބައްޕަގެ ފަހަތުން ހަދީޖާއަކީ ވެސް މިއުޒީޝަނެކެވެ. ހަދީޖާ ކައިވެނި ކުރި ރިޔާޒުއްދީން އަކީ 'އޭއާރު ރަހުމާން ލައިވް'ގައި މަސައްކަތް ކުރާ، ދެކުނު އިންޑިއާ އަށް ނިސްބަތްވާ މިއުޒިކް އިންޖިނިއަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް