ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރިސޯޓް މުވައްޒަފުން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހަފުތާއަކުން 22،000 ޓޫރިސްޓުން؛ މިދިޔަ އަހަރަށް ވުރެ %7 އިތުރު

ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިނި މޫސުމާ ދިމާކޮށް ޔޫރަޕު ގައުމުތަކުން އައި ޓޫރިސްޓުން
7 ޖެނުއަރީ 2023

މި އަހަރުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ރާއްޖެއަށް 22،292 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމުން އާންމުކޮށްފައިވާ އެންމެ ފަހުގެ 'އެރައިވަލް އަޕްޑޭޓް' އިން ދައްކާ ގޮތުގައި، އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުން:

  • މިދިޔަ އަހަރަށް ވުރެ %7 އިތުރު

  • 2021 އަށް ވުރެ %71 އިތުރު

މިއަހަރު ރާއްޖެ ޒިޔާރާތްކުރި ފުރަތަމަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއި އެކު (ފޮޓޯ/އެމްއެމްޕީއާރުސީ)

ތަފްސީލް - ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިނި މޫސުމާ ދިމާކޮށް ޔޫރަޕު ގައުމުތަކުން އައި ޓޫރިސްޓުންނެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކަކީ:

  • ރަޝިއާ - 4،402

  • އިޓަލީ - 3،854

  • އިންޑިއާ - 1،605

  • ޔޫކޭ - 1،261

  • ޖާމަނީ - 1،242

އާ އަހަރާ ދިމާކޮށް ރާއްޖެ އައި ފަތުރުވެރިންގެ ޖެޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކްކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މިދިޔަ އަހަރު ނިންމާލި އިރު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް