ގެއްލިގެން ހޯދަމުންދާ ޒީކް ބިންތި މުހައްމަދު ރިޔާޒު.

މާލެއިން ގެއްލުނުތާ 4 ދުވަސްވީ 15 އަހަރުގެ ކުއްޖަކު ހޯދަނީ

މިދިޔަ ބުދަ ދުވަހު އެ ކުއްޖާ ގެއިން ނިކުމެެގެން ދިޔަ ގޮތަށް އެނބުރި ގެއަށް ގޮސްފައެއް ނުވޭ

މީގެ ހަތަރު ދުވަސް ކުރިން މާލެއިން ގެއްލުނު އުމުރުން 15 އަހަރުގެ އަންހެއް ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ:

  • ހޯދަމުން ދަނީ ޒީކް ބިންތި މުހައްމަދު ރިޔާޒު، އާގިސާމަންޒިލް/ތ. ދިޔަމިގިލި

  • މިދިޔަ ބުދަ ދުވަހުގެ ހަވީރު 5 ޖަހާކަށް ހާއިރު އެ ކުއްޖާ ގެއިން ނިކުމެެގެން ދިޔަ ގޮތަށް އެނބުރި ގެއަށް ގޮސްފައެއް ނުވޭ 

  • ޒީކް ގެއްލިގެން އެކަން އާއިލާ އިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ޖެހިގެން އައި ދުވަހުގެ ހަވީރު 6:17 ހާއިރު

ތަފްސީލް - ފުލުހުން ބުނީ ޒީކް މާލޭގައި އުޅެމުންދިޔައީ ގ. ތޯނީއައްސޭރިގޭގައި ކަމަށެވެ. އެ ކުއްޖާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ:

  • ކަޅު ޝޯލެއް 

  • ހިތެއްގެ ބައްޓަން ކުރަހާފައި ހުރި ކަޅު ޓޮޕެއް 

  • އަޅި ކުލައިގެ ޖިންސެއް

ޒީކްއާ ބެހޭ މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް