ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑް ކަޕާ އެކު

ލިއޮނެލް މެސީ

މެސީ ހުއްޓާލާކަށް އަދި ބޭނުމެއް ނުވޭ، ކުޅުން އޮތީ ކުރިއަށް

އޭނާ މިހާރު ބުނަނީ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދާނެ ކަމަށް
19 ޑިސެމްބަރު 2022
1

ލިއޮނެލް މެސީގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވެ، ވޯލްޑް ކަޕް އުފުލައިލުމާ އެކު، އޭނާގެ ހިޔާލު ވެސް ބަދަލުކޮށްފި އެވެ.

ކުރިން އޭނާ ނިންމައިގެން ހުރީ މިއީ އާޖެންޓީނާއަށް އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށެވެ. ނަމަވެސް މެސީ، 35، ރޭގެ ކާމިޔާބީއާ އެކު އިއުލާންކުރީ ތަފާތު ނިންމުމެކެވެ: ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދިއުމެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަށް ނޫޅެން،" މެސީ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ޗެމްޕިއަނުންގެ ގޮތުގައި ކުޅުން ކުރިއަށް ގެންދަން."

ސެމީ ފައިނަލްގައި ކްރޮއޭޝިއާ އަތުން މޮޅުވުމަށް ފަހު މެސީ ބުނެފައި ވަނީ މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށެވެ.

ހިޔާލު ބަދަލުވިޔަސް އެއީ މެސީގެ އެތައް މިލިއަން ސަޕޯޓަރުންނަށް އުފާވެރި ހަބަރެކެވެ. އަދި އޭނާގެ ރީތި، މޮޅު ކުޅުން ދެކެން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް ވެސް މެ އެވެ.

ވޯލްޑް ކަޕްގެ އެންމެ އާދަޔާ ހިލާފު، މޮޅު ފައިނަލް މެޗުތަކުތަކުގެ ތެރޭގައި ހިމެނޭ މެޗުގައި ރޭ މެސީގެ އާޖެންޓީނާ ތަށި ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ 3-3 އިން އެއްވަރުވެ ޕެނެލްޓީ ޖަހައިގެންނެވެ. މެޗު ތެރޭގައި އާޖެންޓީނާއަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ޕެނެލްޓީގެ ވާދަކުރުމުގައި އާޖެންޓީނާގެ ފުރަތަމަ ޕެނެލްޓީ ވެސް ވައްދާލައި، ޓީމަށް ހަމަޖެހުން ގެނެސްދިނީ އޭނާ އެވެ.

ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީއަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ. އޭނާއާ އެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ރޭ ހެޓްރިކް ނުހެދި ނަމަ، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ވެސް މެސީއަށް ލިބުނީހެވެ. އެކަމަކު މެޗުގެ ފަހު 20 މިނިޓްގެ ތެރޭގައި ކުޅެގަތް އެމްބާޕޭ ވަނީ އެ ތިން ލަނޑާ އެކު މެސީއަށް ވުރެ އެއް ލަނޑު އިތުރަށް، ޖުމްލަ އަށެއް، ހަމަކޮށް ރަން ބޫޓު ހޯދައިފަ އެވެ.

ކޮމެންޓް (1)

އިސްމާ

19 ޑިސެމްބަރު 2022
އަދި މީނާ ހުއްޓާލަނީ އޭ ބުނެގެންނޭ އެންމެން މީނާއަށް ތަށިދޭން އުޅުނީ. ޕެނެލްޓީ ތަކާ އެއްޗިހި ދީގެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް