Majlis 2024

'މަދަހަ ރަން އަޑު' މުބާރާތުން އެއްވަނަ ހޯދި ޒާޔާ (ކ)އާ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ތަށި ހަވާލުކުރައްވަނީ

އެމްއެމްއޭސީގެ 'މަދަހަ ރަން އަޑު'ގެ ވެރިޔަކަށް ޒާޔާ

މުޅި މުބާރާތުން ވަނަ ހޯދާ ބައިވެރިންގެ އިތުރުން އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ވެސް ވަނަ ހޮވައި އިނާމު ވަނީ ދީފައި
25 މޭ 2022

މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އިން ބޭއްވި 'މަދަހަ ރަން އަޑު' މުބާރާތުން އާއިޝަތު ޒާޔާ ޝަހީމް އެއްވަނަ ހޯދައިފި އެވެ.

ސައުދީ އެމްބަސީގެ އެހީތެރިކަމާ އެކު ވީޓީވީ އާއި އެމްއެމްއޭސީ ގުޅިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 95 ބައިވެރިން މަދަހަ ކިޔާފައިވެ އެވެ. މިއީ މި މުބާރާތުގެ ތިންވަނަ ސީޒަނެވެ.

ތަފްސީލް - މި އަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި އެމްއެމްއޭސީގެ ދަރިވަރު ޒާޔާއަށް ވަނީ ރައިސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ސައުދީ އެމްބަސީން ދިން ކްރިސްޓަލް ޓްރޮފީ އާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ، އެންޑް ހެރިޓޭޖްގެ އިނާމެއް ވެސް ލިބިފަ އެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދި ޒާޔާގެ އިތުރުން، ދެވަނަ އަދި ތިންވަނަ ހޯދި ބައިވެރިންނަށް ވެސް ވަނީ އިނާމު ދީފަ އެވެ. އެއީ:

  • މުޅި މުބާރާތުން ދެވަނަ ހޯދި ޒުވައިލް އަލީ ތޯރިގު

  • މުޅި މުބާރާތުން ތިންވަނަ ހޯދި މުޝާތު މުސްތާގު

'މަދަހަ ރަން އަޑު' މުބާރާތުން ވަނައެއް ލިބުނު ބައިވެރިޔަކަށް އިނާމު ދެނީ

މުޅި މުބާރާތުން އެންމެ މޮޅު ބައިވެރިން ހޮވުމުގެ އިތުރުން، އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ވެސް ވަނަ ހޮވަ އެވެ. މި ދެ ބައިގެ ވަނަ ހޮވަނީ އެސްއެމްއެސް މެދުވެރިކޮށެވެ.

އަތޮޅު ފެންވަރުން ވަނަ ލިބުނީ:

  • އެއްވަނަ - އަޖްނާ ފާރިޒް ނިޒާރު (ކ. އަތޮޅު)

  • ދެވަނަ - އަހުމަދު ލުޔޫން އަމްޖަދު (ހއ. އަތޮޅު)

  • ތިންވަނަ - އިސްރާ ބިންތި މުހައްމަދު ޝިފާން (ފ. އަތޮޅު)

ރަށު ފެންވަރުން ވަނަ ލިބުނީ:

  • އެއްވަނަ - އާއިޝާ ޒާހިދު (ގއ. ފަރެސްމާތޮޑާ)

  • ދެވަނަ - މަރްޔަމް އަޝާ ލަތީފް (ސ. ހިތަދޫ)

  • ތިންވަނަ - އާއިޝަތު އަޝާ ޒިޔާދު (ޅ. ކުރެންދޫ)

އިނާމު ދިނުމަށް ބޭއްވި ހަފްލާގައި، ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތްރިކް އަލް ދޮސަރީ އާއި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަފްލާގައި އެމްއެމްއޭސީން ވަނީ މި މަދަހަ މުބާރާތުގެ ހަތަރުވަނަ ސީޒަން އިއުލާނުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް