Majlis 2024

ޝެހެނާޒް ގިލް

ޝެހެނާޒް ގިލް

ސަލްމާންގެ ފިލްމުން ޝެހެނާޒު ބޭރުކޮށެއްނުލާ

ސަލްމާން އާއި ޝެހެނާޒުގެ ގުޅުން ގޯސްވެ، ޝެހެނާޒުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ސަލްމާން އަންފޮލޯ ކޮށްލާފައިވާ ކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ
15 އޯގަސްޓު 2022

ސަލްމާން ހާންގެ 'ކަބީ އީދު ކަބީ ދިވާލީ' ފިލްމުން ޝެހެނާޒް ގިލް ބޭރުކޮށްލި ކަމަށް ބުނާ ވާހަކަ ޝެހެނާޒު ދޮގުކޮށްފި އެވެ.

ސަލްމާން އާއި ޝެހެނާޒުގެ ގުޅުން ގޯސްވެ، ސޯޝަލް މީޑިއާގައި ޝެހެނާޒްގެ އެކައުންޓްތަކުން ސަލްމާން އަންފޮލޯ ކޮށްލާފައިވާ ކަމަށާއި 'ކަބީ އީދު ކަބީ ދިވާލީ'ގެ މަސައްކަތް ވެސް ޝެހެނާޒު ދޫކޮށްލާފައިވާ ކަމަށް ބުނާ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެ ވާހަކަތަކަށް ރައްދު ދީ، ޝެހެނާޒު ބުނީ އެ ފިލްމު ބަލަން އެދޭ ކަމަށާއި ފިލްމުން އޭނާ ފެންނާނެ ކަމަށެވެ. އަދި ފިލްމު ދޫކޮށްލި ކަމަށް ދައްކަނީ ފުލޯކު ވާހަކަ ކަމަށް ޝެހެނާޒު ބުންޏެވެ.

އޭނާ ބުނީ އެގޮތަށް ދައްކާ ވާހަކަތަކަކީ މިހާރު އޭނާގެ "ޑެއިލީ ޑޯޒް އޮފް އެންޓަޓެއިންމެންޓު" ކަމަށެވެ.

ޝެހެނާޒު އެ ފިލްމުން ބޭރުކޮށްލާފައިވާ ކަމަށް ބުނެ މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ވާހަކަ ދެކެވުނެވެ.

ސަލްމާން ލީޑުން ފެންނަ މި ފިލްމަކީ ޝެހެނާޒުގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް