ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހިންނަވަރަށް ފުރާވަޑައިގަތުމަށް މޯލްޑިވިއަންގެ ފްލައިޓަކަށް އަރުއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ވަޑައިގެންފި

އުފަން ރަށް ހިންނަވަރުގައި ރައީސްގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ
22 އޭޕްރީލު 2022
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފަން ރަށް ޅ. ހިންނަވަރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު މިއަދު ހިންނަވަރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ރައީސް އޮފީހުން މިއަދު ބުނީ އެމަނިކުފާނުގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހިންނަވަރަށް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރުއްވަން ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ހިންނަވަރަކީ ރައީސްގެ އުފަން ރަށަށްވާއިރު، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އެ ރަށުގައި މިހާރު ވެސް ދިރިއުޅުއްވަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ވަޑައިގެންފަ އެވެ. އެއީ ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތެއްގަ އެވެ. އެފަހަރު ހިންނަވަރުގެ އިތުރުން، ނައިފަރާއި މަޑިވަރާއި ފެލިވަރާއި އޮޅުވެލިފުށްޓާއި ކުރެންދުއަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންފައި މިވަނީ މިދިޔަ ހަފްތާގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑަޑައިގެންނެވުމަށް ފަހު އެވެ. ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ކޮމެންޓް (1)

ރައީސް

22 އޭޕްރީލު 2022
ރަގަޅު. ގިނަ ގިނައިން ރަށަށް ދާން ޖެހޭނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް